ފިލާއިން އުފައްދާފައިވާ ސަމުސާ އަދި އުނދުޅިއަކީ ގިނަ ބައެއްގެ ކެއްކުން ތެރިން ވަރަށް ތަރުހީބުދޭ އެއްޗެއް. އެތައް ޒަމާނެއް ވަންދެން ބަދިގެތަކަށް ލުއި ފަސޭހަ ގެނެސްދީފައިވާ އެއްޗެއް. ރިތީގެ ގޮތުން ވެސް ގިނަ މީހުންނަށް އެވަރެއް ނެތް. ކާނާއާ ބެހޭ ފުންނާބު އުސް މާހިރަކު ވިދާޅުވާ ގޮތުގައި، ފިލާ ސަމްސާ ބޭނުންކުރުމަކީ އެންމެ ރަނގަޅުކަމެއް. ނަމަވެސް އެ ބޭނުން ކުރުމުގައި ގިނަ ރައްކާތެރި ފިޔަވަޅުތަކެއް އަޅަން ޖެހޭނެ. އޭގެ ތެރޭގައި ކޮލިޓީ ފިލާއިން އުފައްދާފައިވާ ސަމުސާ ކަމަށްވުން މުހިންމު. ދޮވުމާއި ހިއްކުމުގައި ވަކި އުސޫލެއް މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭނެ.

ފިލާއިން އުފައްދާފައިވާ އުނދުޅި ސަމުސާ އަދި ދޭފަތަކީ އެތައް ޒަމާނެއް ވަންދެން ބަދިގެތަކަށް ފަސޭހަކަން ގެނުވައި ދީފައިވާ ތަކެއްޗެވެ. ބޭނުންކުރުމާއި ހިފާގެން ގުޅުމުގައި ވެސް މެ އެވެ. އަދި ކުލައިގެ ގޮތުން ވެސް ބަދިގެތަކަށް ރީތިކަން ވެސް ގެނުވައިދޭ އެއްޗެކެވެ. މިއަދު ވެސް ކެއްކުމުގައި ފިލާއިން އުފައްދާފައިވާ ތަކެއްޗަށް ގިނަ މީހުން ތަރުހީބު ދެ އެވެ. އެހެން ނަމަވެސް ކެއްކުމުގައި ބޭނުން ކުރުމަށް އެއީ އެންމެ ރަނގަޅު އެއްޗެއްތޯ ސުވާލުކޮށްލިން ހެއްޔެވެ؟ ސީއްހީ ގޮތުން ބަލާއިރު އެއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ އެ ތަކެތި ހަޑިވުމުން ދޮންނަށް ފަސޭހަ ހެއްޔެވެ ؟

އެމެރިކާގެ ޔުނިވާސިޓީ އޮފް ވިސްކޮންސިންގައި މަސައްކަތް ކުރައްވާ ކާނާއާ ބެހޭ މާހިރެއް ކަމަށްވާ ޑރ. ބްރަޔަން ކުއޮކްލީ ވިދާޅުވާ ގޮތުގައި ފިލާ އުނދުޅި އަދި ސަމުސާ ކެއްކުމުގައި ބޭނުންކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް ދޮންނަން އުނދަގޫ، އެއްވެސް ވަރަކަށް ހަލާކުވެ ރެނދެއް ލައިފައިވާ ސަމްސާ ނުވަތަ ދޭފަތް ބޭނުން ނުކުރުމަށެވެ. އޭގެ ސަބަބު ބަޔާން ކޮށްދެއްވަމުން ލީ ވިދާޅުވީ ހަލާކުވެފައިވާ ފިލާ ސަމްސަލުގައި ކާތަކެތި ހަރުލުމުގެ ވަރަށް ބޮޑު ފުރުސަތެއް އޮންނަ ކަމަށެވެ. އަދި އެއީ ދޮވުނަސް ފިލުވާލަން އުނދަގޫވާނެ އެއްޗެއް ކަމަށެވެ. އެގޮތަށް ހަރުލާ ކާތަކެތީގެ ސަބަބުން އެތަންތަނުގައި ޖަރާސީމު އުފެދި ކާތަކެއްޗަށް އެ ޖަރާސީމު ވާސިލުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

ފިލާ ސަމުސާ ބޭނުން ކުރުމުގައި މުހިންމު ސިއްހީ މިންގަޑުތަކެއް ހިފަހައްޓަން ޖެހޭ

ޑރ. ލީ ވިދާޅުވާ ގޮތުގައި ފިލާ ސަމްސާގެ ވަރަށް ގިނަ ވައްތަރުތައް ބާޒާރުގައިވެ އެވެ. އޭގެ ތެރޭގައި އޯކް، ޕައިން، ވޯލްނަޓް ބާޗް، އަދި މޭޕްލް ހިމެނެ އެވެ. މީގެ ތެރެއިން އޯކް ފިލާއަކީ އެންމެ ރަނގަޅު ވައްތަރެވެ. އެއީ ޖަރާސީމު އުފެދުން އެންމެ ކުޑަ ވައްތަރު ކަމަށް ވާތީ އެވެ.

ކޮންމެ ވައްތަރެއްގެ ފިލައަކުން ސަމްސާ އުނދުޅި އުފައްދައިފައި ވީނަމަވެސް އެ ބޭނުންކުރުމުގައި ރައްކާތެރިވުމަށް ލީ ނަސޭހަތްތެރިވެ އެވެ. އެގޮތުން ރަނގަޅަށް ދޮވެ ސާފުކުރުމާއި ބައެއް ދުވަސް ދުވަހު ހޫނު ފެނުން ވެސް ދޮވެ ރަނގަޅަށް ހިއްކުމެވެ. އޭގެ ބޭނުމަކީ ސަމުސަލުގެ އެއްވެސް ދޭތެރެއެއްގައި ޖަރާސީމެއް ހަރުލާފައި ވާނަމަ އެ ނައްތާލުމެވެ. އަދި މަހުގެ ބާވަތްތަކަށް ބޭނުންކުރާ ސަމުސާ އެނޫން ބާވަތްތަކަށް ބޭނުން ނުކުރުމަށެވެ.

ކެއްކުމަށް ބޭނުން ކުރާސަމުސާ އުނދުޅި ވާންނާނީ ރަނގަޅު ކޮލިޓީ ތަކެއްޗަށެވެ. ފަސޭހައިން ދޮވެ ސާފުކުރެވޭ އަދި އަވަހަށް ހަލާކުނުވާނޭ ފަދަ ވަރުގަދަ ތަކެއްޗަށެވެ.