ހޮލީވުޑްގެ މޮޑެލް އަދި އިންފްލުއެންސަރު ގިގީ ހަދީދް ދެކެ އެއްވެސް އިރެއްގައި ހަގީގީ ލޯބިނުވާ ކަމަށް އޭނާގެ ކުރީގެ ލޯބިވެރިޔާ، ލަވަކިޔުންތެރިޔާ ޒޭން މަލިކް އެއްބަސްވެއްޖެ އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޒޭން ވަނީ އޭނާއާއި ގިގީގެ މައްސަލަ ބޮޑު ގުޅުމާ ގޮތުން ކުރިން ނޭނގޭ ވާހަކަތަކެއް ކިޔައިދީފަ އެވެ.
ޒޭން ވަނީ އެ ދެމީހުން ގުޅިގެން އުޅުނު ދުވަސްވަރު ގިގީއަށް ބޭވަފާތެރި ވެވުނު ކަމަށް އެއްބަސްވެ އެއީ އެމީހުންގެ ގުޅުން ހީނަރުވި މައިގަނޑު އެއް ސަބަބު ކަމަށް ބުނެފަ އެވެ.
"އަހަރެން އެހެން އަންހެނުންނާ ވާހަކަ ދައްކަން ނުޖެހޭއިރު ވާހަކަ ދެއްކިން. އެކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ޖެހުނު" ޒޭން ބުންޏެވެ.
ޒޭން އިތުރަށް ބުނެފައިވަނީ ގިގީ ދެކެ އޭނާ ވީ ހަގީގީ ލޯބި ނޫން ކަމަށާއި އެއީ ވަގުތީ އުފަލެއްގެ ދަހިވެތި ކަމުގައި ކުރެވުނު ކަމެއް ކަމަށެވެ.
2015 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅުމަށްފަހު އޭގެ ހައެއްކަ އަހަރު ފަހުން ވަކިވި ޒޭންއާއި ގިގީއަށް 2020 ވަނަ އަހަރު ދަރިއަކު ވެސް ލިބުނެވެ.
ޔޫއެފާ ނޭޝަންސް ލީގުގެ ގުރުއަތުލުން ބާއްވައިފި
ވިލާއިން ރ. އަތޮޅުގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓް ހުޅުވަނީ