މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް, މިމަހުގެ ދެ ވަނަ ދުވަހު މަރުވި ދެ ގައިދީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އޮޓޮޕްސީ ހެދުމަށް ނިންމައިފި އެވެ.
ސ، ހިތަދޫ، ދިއްގާގަސްދޮށުގެ، ހަސަން ނިޔާޒު, 45, ހާލުދެރަވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.
މީގެއިތުރުން ދަފްތަރު. މާލޭ ނަންބަރު ދރ 439 / އިބްރާހީމް ސުހައިލް, 53, އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެފަ އެވެ.
ފުލުހުން އިތުރަށް ބުނީ ތަހުގީގުގެ ބޭނުމަށް އެ ދެ މީހުންގެ އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަަށެވެ.
"އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް މި ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ތެރެއިން ސުހައިލްއަށް ވަނީ ނިއުމޯނިއާ ޖެހިފައި ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.
މީގެ އިތުރުން އޭނާއަކީ މިދިޔަ އަހަރުގެ ތެރޭ ސްޓްރޯކެއްޖެހިގެން، އެކަމަށް ވެސް ފަރުވާ ހޯދަމުންއައި މީހެކެވެ.
ނިޔާޒު މަރުވީ އެ ދުވަހުގެ މެންދުރު ފަހު، ކުއްލިއަކަށް މެޑިކަލް އެމަޖެންސީއެއް ދިމާވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދެމުން ދަނިކޮށެވެ.
އެއްވެސް ރަށެއްގެ ހެޑްލީސް ވިއްކާލަން ނިންމާފައިނުވާނެ:އެމްޓީޑީސީ
އެރިއާނާގެ އެންމެ ފަހުގެ ފެނިލުމާއެކު ކަންބޮޑުވުންތަކެއް!
އެލާމް ގަޑީގެ ކުރިން ހޭލެވުން: ހަށިގަނޑުގެ ގުދުރަތީ ނިޒާމެއް!
