ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް, ގުޅިފަޅު ކައިރިއަށް ބަންޑުންޖަހާލި ލޯންޗެއްގައި ތިބި މީހުން މިއަދު ސަލާމަތް ކޮށްފި އެވެ.
އެމްއެންޑީއެފްއިން ބުނީ "ބުލެޓް ސްޕީޑް" ނަމަކަށްކިޔާ މި ލޯންޗުން ދަތުރުކުރަމުންދިޔަ ނުވަ ފަތުރުވެރީންނާއި، ދެ ފަޅުވެރީންނާއި، ލޯންޗުގެ ކެޕްޓަން ކަނޑުވެފައިތިއްބައި ނަގާފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށް ކަމަށެވެ.
އޭގެފަހުން ސީނަށް އެޓެންޑްވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބާކްރާފްޓަށް އެ މީހުން ބަދަލުކޮށް، މިއަދު ހެނދުނު 09:40 ހާއިރު އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު މާލެ ގެނެސްފައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ޕްރިޔަންކާގެ އަގުބޮޑު މިލްކިއްޔާތަށް ނަޒަރެއް!
ލަމްހާ އާއި މާވިންގެ މައްސަލާގެ ހުކުމް އަންނަ މަހު އިއްވަނީ
ލޯ ކައިރީގައި ހުންނަ ރޫތައް ފިލުވާލަން ދެތިން ގޮތެއް!