ކޮންމެ ދުވަހަކު ވެސް އެންމެ މަދުވެގެން 12 މިނެޓު ގާތް ރަހުމަތްތެރިއަކާއެކު ހިނގާލުމަކީ ނަފްސާނީ ސިއްހަތަށް ގިނަ ފައިދާތަކެއް ލިބޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.
ހާވާޑް ޔުނިވާސިޓީއިން ކުރިއަށް ގެންދިޔަ އެ ދިރާސާއިން އެނގުނު ގޮތުގައި ރަހުމަތްތެރިއަކާއެކު ހިނގާލަން ދިއުމަކީ ސައިންސްގެ ގޮތުން ވެސް ކުރަން ވަރަށް ފައިދާހުރި ކަމެކެވެ.
އެގޮތުން މިކަމުގެ ސަބަބުން މުޅި ދުވަހުގެ މޫޑު ރަނގަޅުވެ ސްޓްރެސްއާއި އެންޒައިޓީގެ މައްސަލަތައް ވެސް ކުޑަވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ވެސް އެއީ ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވައި ދިފާއީ ނިޒާމު ވަރުގަދަ ކުރަން އެހީވެދޭ ކަމެއް ކަމަށް ވެސް އެ ދިރާސާގައި ހާމަކޮށްފައިވެ އެވެ.
މިގޮތަށް ހިނގާއިރު ކޮންމެހެން ކަސްރަތަށް ހިނގުން މަޖުބޫރު ނޫން ކަމަށާއި ގޭގެ "ކޮށި" ވަށައިގެން ހިނގާލުމުން ވެސް އެއްވަރަކަށް ފައިދާ ލިބޭ ކަމަށް ބުނެފައިވެ އެވެ.
އެހެން ކަމުން ކޮންމެ ދުވަހަކު ވެސް ރައްޓެހިންނާ ބައްދަލުކޮށްލައި އެމީހުންނާއެކު ބޭރަށް ނުކުމެލުމަކީ ސިއްހަތަށް ލިބޭނެ ބޮޑު ފައިދާ އެކެވެ.
ނަޝީދުގެ ތަޖުރިބާގެ އަލީގައި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ: ސޯލިހު
އަލީ ހާމަނާއީގެ ޖަނާޒާ ޖުލައި 4 ގައި ބާއްވަނީ
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!