ހޮޑާއި ބޭރަށް ހިންގުމުގެ ރޯގާ މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުން އެބަދެ އެވެ.
ނިމިދިޔަ ސުކޫލު ބަންދުތެރޭގައި މި ރޯގާ ފެތުރެމުން ދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
މިދުވަސްވަރު މާލެ ސަރަހައްދުގެ ގިނަ ހޮސްޕިޓަލުތަކަށް ހޮޑާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހިގެން ގިނަ ބަޔަކު ފަރުވާ ހޯދަން ދެއެވެ. އެގޮތުން ޓްރައިއޭޖް ތަކުގައި ދިގު ކިއުތައް ދަނީ ފެންނަމުންނެވެ.
ރޯގާ ފެތިރެމުން ދިއުމާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލުގައި ވަނީ ފުލޫ ކްލިނެކެއްވެސް ހުޅުވާފަ އެވެ.
އެޗްޕީއޭއިން މީގެ ދެ ހަފްތާކުރިން ވަނީ މިފަދަ ރޯގާތަކުން ރައްކާތެރިވުމަށް އިރުޝާދު ދީފަ އެވެ. އެގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގޫ ހުމާއި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދުވަސްވަރު ވަނީ އިތުރުވެފައި ކަމަށެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މިކަންކަމުން ރައްކާތެރިވުމަށާއި، ބަލިތައް އިތުރަށް ފެތުރުނަ ނުދިނުމަށް މަސައްކަތްކޮށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ. އޭގެ ތެރެއިން ތިރީގައިވާ ކަންކަންކަމަށް ސަމާލުވުމަށް އެދިފައިވެ އެވެ.
ބޭރަށްހިންގުމާއި ހޮޑުލުމުން ރައްކާތެރިވުން:
ކާބޯތަކެތި ތައްޔާރުކުރުމާއި، ކާނާ ހެދުމާއި ކާންފެށުމުގެ ކުރިން، އަދި ފާހާނާކުރުމަށް ފަހު ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުންކާބޯތަކެތި މަތި ޖަހާފައި ބެހެއްޓުންކާބޯތަކެތި ކެއްކުމަށްފަހު ގިނަ އިރު ބަހައްޓާނަމަ ފްރިޖްގައި ބެހެއްޓުންބޭރަށް ހިންގާ ހޮޑުލާނަމަ ގިނައިން އޯއާރުއެސް ނުވަތަ ދިޔާ ތަކެތި ބޭނުން ކުރުންބަލީގެ އަލާމާތްތައް ދިގުލައިގެންދާނަމަ ޑޮކްޓަރަށް ދެއްކުމަށާއި ހާއްސަކޮށް ދިގު މުއްދަތަށް ފަރުވާކުރަން ޖެހޭ ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން، ބަލީގައި ބޮޑުވަރުވުމުގެ ކުރިން އަވަހަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
ފައިސާ ޗާޕްކުރުން ކުރިއަށްގެންދަން ޕެންޝަން ބޯޑުން ފާސްކޮށްފި
ސްކޭމްތަކުން އަނބުރާ ހޯދުނީ 630،319 ރުފިޔާ
ފަރުވާދެމުން ދަނިކޮށް ގައިދީއަކު މަރުވެއްޖެ