ޖައްވުގައި ނުވަ މަސް ހޭދަވި ތާރީހީ ދަތުރުގެ އެއް ބައިވެރިޔާ ކަމަށްވާ ސުނީތާ ވިލިއަމްސް ދުނިޔޭގެ ޖައްވީ އިދާރާ ނާސާއިން ރިޓަޔާ ކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު ނާސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 28 އަހަރަށްފަހު ސުނީތާ އެ އިދާރާއިން ވަކިވެފައިވާ ކަމަށާއި އޭނާގެ ހިދުމަތްތަކަކީ ފާހަގަ ކޮށްލެވޭ ހިދުމަތްތަކެއް ކަމަށެވެ.
"އަހަރެން ދަންނަ ކޮންމެ މީހަކަށް ވެސް އެނގޭނެ އަހަރެން އެންމެ ކުރާހިތްވާ ކަމަކީ ޖައްވަށް ދަތުރު ކުރުން ކަން، ތިން ފަހަރު މަތިން ޖައްވަށް ގޮސް ނާސާއަށް ހިދުމަތް ކުރުމަކީ ލިބުނު ޝަރަފެއް" ސުނީތާ ބުނެފައިވެ އެވެ.
1998 ވަނަ އަހަރު ނާސާއާ ގުޅުނު ސުނީތާ އެންމެ ފުރަތަމަ ޖައްވަށް ދަތުރުކުރީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާގެ ދެވަނަ ދަތުރު އޮތީ 2012ގަ އެވެ.
އެހެން ނަމަވެސް އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ދަތުރަކީ 2024 ވަނަ އަހަރުގެ ޖޫން މަހު ޖައްވަށް ދިޔަ ދަތުރެވެ. ބަޗް ވިލްމޯއާއެކު ސުނީތާ ދިޔަ އެ ދަތުރަކީ ހަފްތާއެއްހާ ދުވަހަށް ރޭވިފައި އޮތް ދަތުރެއް ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ނުވަ މަސް ދުވަހު އެމީހުން ޖައްވުގައި ހޭދަކުރި އެވެ.
އެއާއެކު ސުނީތާގެ ޖައްވީ ހަޔާތުގައި އޭނާ ވަނީ ޖުމްލަ 608 ދުވަހު ޖައްވުގައި ހޭދަކޮށްފަ އެވެ. އެއީ ދެވަނައަށް އެންމެ ގިނަ ދުވަސް ޖައްވުގައި ހޭދަކުރި ސައިންސްވެރިޔާ އެވެ.
ސުނީތާ ރިޓަޔާ ކޮށްފައި މިވަނީ އޭނާއާއެކު 2024ގެ ތާރީހީ ދަތުރުގައި ބައިވެރިވި ބަޗް ވިލްމޯ ވެސް ރިޓަޔާ ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
އައިވީއެފްގައި ދަރިފަންޏާއި ބިސް އޮޅުވާލުމުން ދައުވާ ކޮށްފި
"ޑެވިލް ވެއާސް ޕްރާޑާ 2"ގެ ޓްރެއިލާ ނެރެފި
ދަ ފިފްޓީސް ލަޔަން: މި މާސްކުގެ ފަހަތުގައި ވަނީ ކޮން މޫނެއް؟