ކަލާސް ޓީވީއިން މުޅިން އަލަށް ތައާރަފްކުރާ ރިއަލިޓީ ޝޯއެއް ކަމަށްވާ "ދަ ފިފްޓީސް ލަޔަން" މިދިޔަ އާދީއްތަ ދުވަހު ޕްރިމިއާ ކޮށްފި އެވެ.
ރިއަލިޓޭ ގޭމް ޝޯ ކޮންސެޕްޓްއަކަށް ކުރިއަށް ގެންދާ މި ޝޯގައި މުނިފޫހި ފިލުވުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ 50 ބައިވެރިން ބައިވެރިވެ އެވެ.
އެގޮތުން އެކި ހަރަކާތްތަކާއި ގޭމްތަކުގެ ތެރެއިން ބައިވެރިން އެލިމިނޭޓް ވަމުން ގޮސް އެންމެ ފަހުން ޝޯގައި ހުންނަ ބައިވެރިންގެ މެދުގައި ފިނާލޭ ބޭއްވޭނެ އެވެ.
މި ޝޯގެ އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ގޭމް މާސްޓާގެ ގޮތުގައި ފެނިގެންދާ ޝަހްސިއްޔަތެކެވެ. ސިންގާއެއް ސިފަވާ މާސްކެއް އަޅައިގެން ހުންނަ އެ ޝަހްސިއްޔަތަކީ ފަރުދާގެ ފުރަގަހުން ގޭމް ކޮންޓްރޯލްކުރާ ފަރާތެވެ.
އެ މާސްކުގެ ފަހަތުގައިވަނީ ކާކުކަމާމެދު އިންޓަނެޓުގައި ބަހުސް ކުރެވެމުންދާއިރު އެލްވިޝް ޔާދަވްއާއި އަބީޝޭކް މަލްހާންއަކީ ގިނަ ބަޔަކު ޝައްކުކުރާ ދެ ނަމެވެ.
މީގެ އިތުރުން އެއީ ފަރާ ޚާން ނުވަތަ ޝާހްރުކް ޚާން ފަދަ ބޮލީވުޑްގެ ޝަހްސިއްޔަތަކަށް ވެސް ވެދާނެ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
ދަ ފިފްޓީ ޕްރިމިއާ ކުރެވިފައިވާއިރު އެ ޝޯ ދައްކާނީ ކޮންމެ ދުވަހެއްގެ ރޭ ކަލާސް ޓީވީއިންނެވެ.
މެއި/ޖޫން ގައި އޭލެވެލް ހަދަން ފުރުސަތު ދޭން ނިންމައިފި
ކުޑަކަމުދިއުން ލަސް ކުރުމަކީ ގޯހެއް
ގްރެމީ އެވޯޑް 2026 ބާއްވައިފި