ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވި އިރު ވެސް، އިންތިހާބަށް ކުރިމަތިލާން އީފާސް ބޭނުންކުރަން ޖެހުމާއި އީފާހުން ތާއީދު ފޯމު ފުރަން ޖެހޭތީ ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަތުމާމެދު ހައި ކޯޓަށް ގޮތެއް ނުނިންމުނެވެ.
މިދިޔަ ހަފްތާގައި މި މައްސަލަ ހައި ކޯޓަށް ހުށަހެޅުއްވީ ޕީއެންއެފްގެ ފަރާތުން އެ ޕާޓީގެ ސެނެޓް މެންބަރު އަދި ގާނޫނީ ވަކީލު އާދަމް އާސިފްގެ ނަމުގަ އެވެ.
މިއަދު ހަވީރު 5:00އަށް އިންތިހާބަށް ކުރިމަތިލާ ވަގުތު ހަމަވިއިރު ވެސް އިންތިހާބަށް ކުރިމަތިލުމާ ގުޅޭ މި ދުސްތޫރީ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނުނިންމާ ވަނީ ކީއްވެ ކަމެއް ހައިކޯޓުން ނުބުނެ އެވެ.
ޕީއެންއެފްގެ ގާނޫނީ ޓީމްގައި ހަރަކާތްތެރިވާ ވަކީލު އަލީ ޝާހު ވަނީ އެކަމާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ އެފަދަ މައްސަލަތައް އަވަހަށް ނިމެންޖެހޭނެ ކަމަށެވެ.
އަވަހަށް ނިޔާއެއް ކަނޑައަޅަން ޖެހޭ މިފަދަ މައްސަލައެއް ބަލައިގަތުމާ މެދު މި ވަރަށް ލަސްކުރަމުންދާ ނަމަ އިންސާފު ލިބުން ވެސް ލަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި ހައި ކޯޓުގައި އެދިފައިވަނީ އީފާސް ބޭނުންކޮށްގެން ތާއީދު ފޯމު ފުރަން ޖެހުމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާ ހިލާފުކަމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
4،300 ޑޮލަރާއެކު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓަކަށް ވެލާ
ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމުން އިނާޒު އިސްތިއުފާދެއްވައިފި