މީޑިއާގެ ފާޑުކިޔުންތަކާއި ފުރައްސާރައިގެ ސަބަބުން ހޮލީވުޑް ތަރި އެމްބާ ހާޑްގެ ރުޅިގަނޑު އެންމެ ފަހުން "ފަޅައިގެން" ގޮސްފި އެވެ.
އެމްބާ އޭނާގެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި މިވަނީ މިފަހުން ރިލީޒްކުރި ޑޮކިއުމެންޓްރީ ފިލްމު "ސައިލެންސްޑް"ގައި ފެނުނު އޭނާގެ ފެނިލުމެއްގަ އެވެ.
އެ ފެނިލުމުގައި އެމްބާ ބުނީ އޭނާއަށް ކެތްވާ ވަރު ވެއްޖެ ކަމަށާއި ދެން އިތުރަށް މީޑިއާ ފުރައްސާރައާ ބެހޭގޮތުން ވާހަކަ ދައްކަން ވެސް ބޭނުންނުވާ ކަމަށެވެ.
"ސައިލެންސްޑް"އަކީ އެމްބާއާއި އޭނާގެ ކުރީގެ ފިރިމީހާ ޖޮނީ ޑެޕްއާ ދެމެދު ހިނގި ކޯޓު ހަނގުރާމައިގައި އެމްބާ ތަމްސީލުކުރި ވަކީލު ޖެނިފާގެ ވާހަކަ ގެނެސްދޭ ޑޮކިއުމެންޓްރީ އެކެވެ.
އެ ޑޮކިއުމެންޓްރީގައި އެމްބާއާއި ޖޮނީގެ މެދުގައި ހިނގި ގާނޫނީ ކަންތައްތައް ޖެނިފާގެ ނަޒަރުން ކިޔައިދޭނެ ކަމަށް ރިޕޯޓުތައް ހާމަކުރެ އެވެ.
އެމްބާއާއި ޖޮނީގެ ކޯޓު ހަނގުރާމައަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމެކެވެ.
4،300 ޑޮލަރާއެކު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓަކަށް ވެލާ
"ދަ ބީޓްލްސް"ގެ ފުރަތަމަ ފެނިލުން އާއްމުކޮށްފި
ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ އާ ޕްލޮޓު ގުރުއަތު ނަގަނީ