މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސްގެ ސޯލޯ ޓުއާގެ ޓިކެޓުތަކުގެ އަގު ބޮޑުވާ މައްސަލަ ހޫނުވެ ގިނަ ބަޔަކު ފާޑުކިޔަމުން އެބަދެ އެވެ.
ހެރީގެ ކުރިއަށް އޮތް "ޓުގެދާ" ކޮންސެޓުގެ ޓިކެޓު ވިއްކަން ހުޅުވާލާފައިވާއިރު އެ ކޮންސެޓުތަކުގެ އެންމެ އާދައިގެ ގޮނޑިތަކުގެ އަގުން ވެސް ގިނަ ބަޔަކު ވަނީ ހައިރާންވެފަ އެވެ.
އެގޮތުން އެފަދަ ގޮނޑިތަކުގެ އަގު އުޅެނީ 800 ޑޮލަރާއި 1000 ޑޮލަރާ ދެމެދުގެ އަގެއްގައި ކަމަށް ޓިކެޓު ގަންނަން މަސައްކަތްކުރި މީހުން ބުނެފައިވެ އެވެ.
އެގޮތުން އެ އަގަކީ އެއްވެސް ވަރަކަށް ހަމަނުޖެހޭ އަގެއް ކަމަށާއި އެ އަގަށް ކޮންސެޓަށް ދާނެ ބަޔަކު ވެސް ނުވާނެ ކަމަށް އެމީހުން ބުނެ އެވެ.
ހެރީގެ އިތުރުން އޭނާއާއެކު ވަން ޑިރެކްޝަންގައި މަސައްކަތްކުރި ޒޭން މަލިކްގެ ސޯލޯ ޓުއާ ވެސް ފެށެން ކައިރިވެފައިވާއިރު އޭނާގެ ކޮންސެޓުގެ ޓިކެޓުތަކުގެ އަގު ވެސް އެހާ ބޮޑެވެ.
ވަން ޑިރެކްޝަން ރޫޅުމާއި އެ ބޭންޑްގެ މެމްބަރެއް ކަމަށްވާ ލިއަމް ޕޭންގެ ކުއްލި މަރާއެކު ބޭންޑްގެ ދެން ތިބި މެމްބަރުންގެ ޓުއާތަކަށް އާއްމުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ލިބެ އެވެ.
ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި
ހަގު އުމުރުގައި ދަރިމައިވާންވީ ގިނަ ސަބަބުތަކެއް!
މި ބާވަތްތައް އައިސް އަލަމާރިއަށް ލުމަކީ ގޯހެއް!