ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓްއަށް އޭނާގެ އަލަތު ދަރިފުޅު ރަހާ ކަޕޫރު ލިބުމަށްފަހު ސޯޝަލް މީޑިއާ ދޫކޮށްލަން ބޭނުންވި ކަމަށް އޭނާ ބުނެފި އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އާލިއާ ވަނީ މައަކަށް ވުމަށްފަހު އޭނާ ސޯޝަލް މީޑިއާ ބޭނުންކުރާ ގޮތަށް އައި ބަދަލުތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
އާލިއާ ބުނީ އޭނާއަކީ ޒާތީ ދިރިއުޅުން ޒާތީ ދިރިއުޅުމުގެ ގޮތުގައި ބާއްވަން ބޭނުންވާ މީހެއް ކަމަށާއި އޭނާގެ ގެލަރީގައި ގިނަވާނީ ދަރިފުޅު ރަހާގެ ފޮޓޯތައް ކަމަށެވެ.
"ބައެއް ދުވަސް ދުވަހު ހިތަށްއަރާ ސޯޝަލް މީޑިއާ ޑިލީޓް ކޮށްލަަން ވެސް. އަހަންނަށް މިކަން ކުރުމަކީ މިހާރު އުނދަގޫ ކަމެއް" އާލިއާ ބުންޏެވެ.
އެހެން ނަމަވެސް އެއީ ފެށުނީއްސުރެ އޭނާއަށް ސަޕޯޓުކުރި އެތައް ބަޔަކާ ގުޅުން ކެނޑޭނެ ކަމަކަށްވާތީ އެކަން ކުރަން ބޭނުންނުވާ ކަމަށް ވެސް އާލިއާ ބުންޏެވެ.
2022 ވަނަ އަހަރު އާލިއާއަށް ރަހާ ލިބުނު ފަހުން އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުތައް މަދުވެފައިވާއިރު ރަހާގެ ފޮޓޯތައް ހިއްސާކުރަނީ ވެސް ވަރަށް މަދުންނެވެ.
ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި
ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ އާ ޕްލޮޓު ގުރުއަތު ނަގަނީ
ފައުޒިއްޔާގެ ކާށިތެޔޮ ޔޫރަޕަށް!