ރައްޔިތުންގެ މަޖިލީހުގެ ފ. ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލްގެ ލޮރީއެއްގައި ރޯކޮށްލައިފި އެވެ.
އެ ލޮރީގައި ރޯކޮށްލާފައި ވަނީ ފ. ނިލަންދޫ ކުނިގޮނޑުގައި އޮއްވައި ރޯކޮށްލާފައި ވަނީ މިރޭ މަޣްރިބު ނަމާދާއި އިޝާ ނަމާދާ ދެމެދުގެ ވަގުތެއްގަ އެވެ.
ޑރ. ޚަލީލް ވިދާޅުވީ އެ ލޮރީ އަކީ ރަށުގެ އެކި މީހުން ކޮންޓެކްއުސޫލުން ބޭނުންކުރާ ލޮރީއެއް ކަމަށެވެ. ނަމަވެސް މި ވަގުތު އެ ލޮރީ ވަނީ ހިލޭ ސާބަހަކަށް ރަށު ކައުންސިލަށް ދޫކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ދަށަށް ފަނާ ދަރާ އެއްޗިހި އަޅާފައި ރޯކޮށްލީ ކަމަށް. ފުލުހުން ގެންދަވަނީ މައްސަލަ ބައްލަވަމުން،" ޑރ. ޚަލީލް ވިދާޅުވި އެވެ.
އަލިފާން ރޯކޮށްލުމުގެ ސަބަބުން އެ ލޮރީ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެ ލޮރީގެ އަގު ގާތްގަނޑަކަށް 3،50،000 ރުފިޔާއަށް އަރާނެ ކަމަށް ޑރ. ޚަލީލް ވިދާޅުވި އެވެ.
ގަސްގަހާގެހީގެ ކާނާއިން ހަނދާން ނެތޭ ބަލީގެ ނުރައްކާ ކުޑަވޭ!
އީރާނަށް ހަމަލާ ދީފިނަމަ ރަނގަޅު ފިލާވަޅެއް ދޭނަން: ގާލީބާފް
އިންތިހާބުން ބަލިވުމުން އަލައިކާއަށް ސްޓޭޓް މިނިސްޓަރުކަން ދީފި
