ސްރީލަންކާއިން ފެނުނު ޕާޕަލް ސްޓާ ސެފަޔާ އަކީ މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ބޮޑު ސްޓާ ސެފަޔާ ކަމަށް ރިކޯޑު ފޮތުގައި ހިމަނައިފި އެވެ.
"ސްޓާ އޮފް ޕިޔާ ލޭންޑް"ގެ ނަމުން ނަންދީފައިވާ މި ޖަވާހިރުގެ ބަރުދަނުގައި 3،536 ކެރެޓް ހުރި ކަމަށް ލަންކާއިން ވަނީ ބުނެފަ އެވެ. މި ބޮޑު ސެފަޔާގެ އަގު 300 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
މި ޖަވާހިރު ފެނިފައި ވަނީ މީގެ ދެ އަހަރު ކުރިން ލަންކާގެ "ސިޓީ އޮފް ޖެމްސް"ގެ ނަމުން މަޝްހޫރު ރަތުނަޕޫރަ އަވަށުން 2023 ވަނަ އަހަރު އެވެ. އޭރު އިތުރު ޖެމްތަކަކާ އެކު ވިއްކާލިއިރު އެއީ އަގުބޮޑު ޖެމްއެއްކަން އެނގިފައެއް ނުވެ އެވެ. ނަމަވެސް ފަހުން ސެފަޔާ ސެޓިފައި ކުރަން ލެބޯޓަރީއަށް ފޮނުވުމުން އެއީ އަގުބޮޑު އަދި މިހާތަނަށް ފެނުނު އެންމެ ބޮޑު ސްޓާ ސެފަޔާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ލަންކާއަކީ އެކި ބާވަތުގެ ޖަވާހިރު ވިޔަފާރިއަށް މަޝްހޫރު ގައުމެކެވެ. އެގޮތުން 2021 ވަނަ އަހަރު ވަނީ ދުނިޔޭގެ އެންމެ ބޮޑު ނީލަމް ހިލަ ވެސް އެ ގައުމުން ފެނިފަ އެވެ. 100 މިލިއަން ޑޮލަރުގެ އަގުހުރި އެ ޖަވާހިރު ވެސް ފެނިފައި ވަނީ ރަތުނަޕޫރަ އިންނެވެ.
ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އިއުލާންކޮށްފި
ހެނދުނު ހޭލާއިރު އަނގައިން ނުބައިވަސް ދުވާތަ؟
މޮރޮކޯއިން ސެނެގޯލް އާ މެދު ކަންކުރާގޮތުން ކަންބޮޑުވުން