އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލޭޭނެ ކަމަށާއި، އެ މައްސަލަ ބަަލައި ނިމުމުން ބައެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮޑި ގެއްލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެގޮތަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު، އިބްރާހީމް ޝަރީފު އާއި ނަޝީދާ ދެމެދު ހިގި ދެބަސްވުމެއްގަ އެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އެމަނިކުފާނު ހުންނަވާހާ ހިދަކު އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ ހަޒާނާއިން އެތައް އެތައް މިލިޔަން ރުފިޔާއެއް، 70 މިލިޔަން ޑޮލަރު ނާޖާއިޒް ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށާއި އަދި އެހެން ވެސް މުއައްސަސާތަކުގެ އިދާރާތަކުގެ ތިބި އެތައް ބަޔަކަށް ބަހައިލެވުނު ގޮތް ވަރަށް ތަފްސީލުކޮށް، ހެއްކާއި ގަރީނާއާ އެކުގައި ވާނީ ސަަރުކާރުގެ ކަމާ ބެހޭ ކޮމިޝަނަށްް ހުށަހެޅިފައި،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ތާރީހުގައި ހިގި އެންމެ ބޮޑު ކޮރަޕްޝަންގައި 200 އަށް ވުރެ ގިނަ މީހުންނާ ދެކޮޅަށް ދައުވާކުރަން ޖެހޭކަން މިހާރު ވެސް ފާހަަގަވެފައިވާ ކަމަށާއި އެ ދައުވާތައް ކުރިއަށް ގެންދާނެ ކަމާ މެދުގައި ޝައްކު ނުކުރައްވާކަމަށް ނަޝީދު ވިދާޅުވި އެވެ.
"އިއްޒަތްތެރި ބައެއް މެމްބަރުންގެ ގޮނޑިފުޅު ވެސް ގެއްލިދާނެ. ބަައެއް ބޭފުޅުންގެ މަގާމުފުުޅު ވެސް ގެއްލިދާނެ އަދި އަނެއްބައި ބޭފުޅުންނަށް އިތުރު އެެހެން ގޮތްގޮތް ވެސް ވެދާނެ،" ނަޝީދު ވިދާޅުވި އެވެ.
މިއަދު ޖަލްސާގައި އެމްއެމްޕީއާރްސީގެ ވާހަކަތަށް ދެކެވުނުއިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުނަށް ވާދަ ނުކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.
ފަނި އެޅުވި މީހާގެވެސް ގޮނޑިގެއްލޭނެ ދޯ
އެމް. އެމް. ޕީ. އާރް. ސީ ގެ މައްސަލަ ނަޝީދަކަށް ނުބެކޭނެ.