އަމިއްލަ ބައެއް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ ބޭސް ސިޓީއަށް އައިނު ހެއްދުމަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އާސަންދަ ކޮމްޕެނީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، އެ ކުންފުނީގައި ރަޖިސްޓަރީ ވެފައިވާ ލޮލުގެ ޑޮކްޓަރުންނާއި އޮޕްޓޮމެޓްރިސްޓުން ދޫކުރާ ރިފްރެކްޝަން ޕްރިސްކްރިޕްޝަންތަކަށް އިއްޔެއިން ފެށިގެން އާސަންދަ މެދުވެރިކޮށް އައިނު ހެއްދޭނެ ކަމަށެވެ.
އެ ކުންފުނިން ބުނީ މި ހިދުމަތް ލިބޭނީ އާސަންދަ ސްކީމްގައި އެމްޕެނަލްކޮށްފައިވާ އައިނު ފިހާރަތަކުން، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.
މިއާއެކު އަމިއްލަ 15 މަރުކަޒަކުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް އާސަންދައިގެ އެހީ ލިބޭނެގޮތް ވަނީ ހަދާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- އޭޑީކޭ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް، މެޑިކާ، އަދި އައި ކެއާ ހޮސްޕިޓަލް.
- ލޮލުގެ ހާއްސަ ކްލިނިކްތައް: އެޑްވާންސް އައި ކްލިނިކް، އައި ކެއާއެކި ބްރާންޗްތައް، ސިޓީ އޮޕްޓިކަލް، އަދި ވިޝަން ކްލިނިކް.
- އެހެނިހެން ކްލިނިކްތައް: އެޑްވާންސް މެޑިކަލް ކްލިނިކް، އެއިމްސް ޑައިގްނޯސްޓިކް، އޭއެމްޑީސީ، މޯލްޑިކެއާ، އަދި
- އަމިއްލަ ތަންތަނުގެ އިތުރުން ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް
މީގެ ކުރިން އާސަންދައިގެ ދަށުން އައިނު ހެދުމުގައި އަމިއްލަ ބައެއް ކްލިނިކްތަކުގެ ޕްރިސްކްރިޕްޝަންތައް ބަލައިގަތުމުގައި ހުރި ދަތިތަކަށް މި ބަދަލާއެކު ހައްލު ލިބިގެންދާނެ ކަމަށް އާސަންދަ ކޮމްޕެނީން ބުނެ އެވެ.
އައްޑޫ "ސްކޫޕު" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހަޅައިފި
އަބްދުއްރަހީމްގެ ފަތްކޮޅު ރަޝިއާގެ ޕުޓިންއަށް
ސްޕީޑްބޯޓްގެ ނަސީބުވެރިޔާ ހޮވާ އިވެންޓްގައި ރޮބޯމޭން ފެންނާނެ