ޑްރަގްގެ ބޮޑު މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ގއ. ވިލިނގިއްޔަށް ނިސްބަތްވާ މީހުންނާ ގުޅުންހުރި ބޭންކު އެކައުންޓްތަކުން 20 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަން އެނގިއްޖެ އެވެ.
"ހުރިހާ" އަށް އެނގިފައިވާގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިންގި މި ޑްރަގް ވިޔަފާރީގައި 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.
އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުން ހައްޔަރުކުރީ ވިލިނގިލިންނާއި މާލެއިންނެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ:
- ޝައްފާހު ލަތީފު، 28، ޝެވޯނާ، ގއ. ވިލިނގިލި
- އަހުމަދު މަދީހް، 33، މިޔުޒިކީގެ، ގއ. ވިލިނގިލި
- އަހުމަދު އަނާމް އިބްރާހިމް، 30، އައިޒަން، ގއ. ވިލިނގިލި
- ނޫރުއްނިޒާމް، 35، އަރާއިރުގެ، ގއ. ވިލިނގިލި
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ނޫރުއްނިޒާމު ފިޔަވައި ދެން ތިބި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ނޫރުއްނިޒާމު ބަންދުކުރަން ކުރަން އަމުރުކުރީ 15 ދުވަހަށެވެ.
އެ މީހުންގެ ތެރެއިން އާނާމްއަކީ އިކޮނޮމިކް މިނިސްޓްރީގެ ޕޮލިޓޮކަލް ޑިރެކްޓަރެކެވެ. އޭނާ މިހާރު ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
ބަކެޓް ލިސްޓަށް އާ މަންޒިލެއް: ޖާދޫއެއް ފަދަ ޕެންގޮންގް ސޯ!
ނަޝީދުގެ ތަޖުރިބާގެ އަލީގައި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ: ސޯލިހު
އެމެރިކާއަށް ރަނގަޅު ފެށުމެއް، ކެނެޑާ އަށް ތާރީހީ ޕޮއިންޓެއް
