އޭޕްރީލް 4 ވަނަ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ 2026 ގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
މިފަހަރު އާއްމުކޮށްފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ލިސްޓުގައިވާ ގޮތުން ޖުމްލަ 294,937 މީހުންނަށް ވޯޓު ލެވެ އެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
18 ޖެނުވަރީ 2026 ގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށް އީސީން ބުންޏެވެ. އީސީން ރޭ އާއްމު ކުރި ވޯޓު ލެވޭ މީހުންގެ ލިސްޓު މިހާރު ސަރުކާރުގެ ގެޒެޓު އަދި އީސީ ވެބްސައިޓުގެ އިތުރުން، (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ބެލޭނެ އެވެ.
މި މުއްދަތުގައި ރަޖިސްޓަރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށްވެސް އީސީން ބުންޏެވެ.
އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޮމިޝަނުގެ އިއުލާނުގައި ބުނެފައި ވެއެވެ.
ވައި ނުސާފުވެ ރާއްޖޭގެ ވައިގެ ދަތުރުތަކަށް ވެސް ބުރޫ އަރައިފި
ކައިވެނި ކުރާނީ ކޮން އިރަކުންތޯ އެހުމުން ޝްރައްދާ ބުނީ ކީކޭ؟
ތިނަދޫގައި "އިންކްލޫސިވް ސްޕޯޓްސް" ޕްރޮގްރާމެއް ބާއްވަނީ