މާލޭގައި އިމާރާތްކުރަމުން ދިޔަ ގެއެއްގައި ރޯވެ، އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާ ހިނގީ ގަލޮޅު ސައިރިކްސް ކޮލެޖު ކައިރީ ހުރި، އިމާރާތް ކުރަމުން އަންނަ ގެއެއްގައި ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުނީ 11:22 ހާއިރު ކަމަށާއި، މައުލޫމާތު ލިބުމާއެކު މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ދިޔަ ކަމަށެވެ.
ރޯވި އަލިފާން ބާރަ ޖެހުމުގެ ކުރިން ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް އެ އިމާރާތުގައި ހުރި ތަކެއްޗަށް ގެއްލުންވި އެވެ.
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟
މޮޑެލް ހެދުމަކީ ޝާފިއުގެ ކާމިޔާބު ހޮބީ!
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
