އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް ހުރި މީހަކު ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ އަލްމަނާސިކް ހައްޖު އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާގެ އަޅުމަކަށް ގޮސް ހުރި މީހެކެވެ.
އެ ގްރޫޕުން ބުނީ މ. ސައްކެޔޮމާގޭ އުމުރުން 62 އަހަރުގެ މުހައްމަދު އިމްތިޔާޒު މަރުވީ ދެވަނަ އުމްރާގެ އަޅުކަމުގެ ތެރޭގައި މަސްޖިދުލް ހަަރަމްގައި އުޅެނިކޮށް ރޭގެ 7:35 ގައި ކަމަށެވެ.
އިމްތިޔާޒް މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރާ ހަވާލާދީ އެ ގްރޫޕުން ބުންޏެވެ. އަދި އޭނާ އަކީ ހިތުގެ މައްސަލަ ހުންނާތީ ޕޭސްމޭކާ ވެސް ލައްވާފައިވާ މީހެކެވެ.
އިމްތިޔާޒު އުމްރާގެ އަޅުކަމަށް ފުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
މި ފަހަރުގެ ސްކޫލް ޗުއްޓީއާ ދިމާކޮށް 7،700 އަށް ވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިފަހަރު 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް: އީސީ
ރާއްޖެެއަށް ދަތުރުކުރާ އެއާލައިންތަކުން ޓިކެޓް އަގު ބޮޑުކޮށްފި
ހާރުދަމުގެ ކެއުމުގައި މި ބާވަތްތައް ހިމަނަންތަ؟
