އާއްމު ދިރިއުޅުމުގައި ނުތަނަވަސްވެ ހާސްވުމަކީ ނުވެ ނުދާނެ ކަމެކެވެ. ދިރިއުޅުމުގެ ހާލަތާއި ޒާތީ ދިރިއުޅުމުގެ ކަންކަމުގެ ސަބަބުން މި ހާސްކަން އިތުރުވެ އެވެ.
އެހެން ނަމަވެސް މިގޮތަށް އާއްމު ދިރިއުޅުމުގައި ކުރިމަތިވާ ނުތަނަވަސްކަން ފިލުވާލުމަށް އެކި މީހުން އެކި އުކުޅު ގެންގުޅެ އެވެ. އެއްބަޔަކު ލަވައާއި މިއުޒިކް ޚިޔާރު ކުރާއިރު އަނެއް ބަޔަކަށް ކަމުދަނީ ފޮތެއް ކިޔާލުމެވެ. މިފަހަރު މިއޮތީ މުޅިން ތަފާތު ކަމެކެވެ.
ސްޓްރެސްވެ ނުތަނަވަސްވާނަމަ ގޭތެރެ ސާފު ކުރުމުން އެ ސްޓްރެސް ކުޑަވާ ކަމަށް ސައިންސްވެރިންގެ އާ ދިރާސާއަކުން ވަނީ ދައްކާފަ އެވެ.
ސަބަބައް ކަމަށް އެ ދިރާސާގައި ފާހަގަ ކޮށްފައިވަނީ ސާފުތާހިރު ރަނގަޅަށް އަތުރާލެވިފައިވާ ތަރުތީބު މާހައުލެއްގައި ހުރުމަކީ ތިމާގެ ސކުނޑިއަށް ހަމަހިމޭންކަމާއި ހަމަޖެހުމުގެ އިހުސާސް ކުރުވާ ކަމަކަށް ވުމެވެ.
ހަަމައެއާއެކު ސާފު ކުރުމަށް ހަރަކާތްތެރިވެ އުޅުމަކީ ހަށިގަނޑަށް ލިބޭ ލުއި ކަސްރަތުތަކެއް ކަމަށާއި އެކަމުގެ ސަބަބުން ހަށިގަނޑުގައިވާ ސްޓްރެސް ހޯމޯންތައް ބޭރުވާ ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.
އެހެން ކަމުން ދެން ނުތަނަވަސްވެ ހާސްވާ ކަމެއް މެދުވެރިވެއްޖެނަމަ ފިހިގަނޑަކާއި މޮޕެއް ހިފައިގެން ގޭތެރެ ސާފު ކުރަން ފަށާށެވެ. އަދި ވަށައިގެންވާ ތަކެތި ތަރުތީބު ކުރަން ފަށާށެވެ. އިސާހިތަކު ހާސްކަން ފިލާފާނެ އެވެ.

ފްލައިޓެއް ތެރޭ ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރު ކޮށްފި
ގޭހަށް ޖެހި، އިންޑިއާގެ ގިނަ ބަޔަކު ވަޒީފާތައް ދޫކޮށް ގެއައަށް!
ވޯލްޑް ކަޕަށް ދޭންޖެހޭ ފަންޑު އެމެރިކާއިން ނުދޭތީ ކަންބޮޑުވެއްޖެ