ދިވެހި ފިލްމު އިންޑަސްޓްރީގައި މަގުބޫލް ދެތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އަށް އިންޑިއާގެ ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި އެވޯޑް ލިބިއްޖެ އެވެ.
އެ ދެ ތަރިންނަށް އެވޯޑް ލިބިފައިވަނީ މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރި "ކަމަނާ" ފިލްމުގައި ދެ ތަރިން ކުޅެފައިވާ ލީޑް ރޯލަށެވެ. އެގޮތުން ޔޫއްޕެ އަށް ބެސްޓް ލީޑް އެކްޓަރުގެ އެވޯޑް ލިބުނުއިރު އައްޒައަށް ވަނީ ބެސްޓް ލީޑް އެކްޓްރެސްގެ އެވޯޑް ލިބިފަ އެވެ.
މީގެ އިތުރުން ފިލްމުގެ ޑައިރެކްޓަރ ހުސައިން މުނައްވަރަށް ވަނީ ބެސްޓް ޑައިރެކްޓަރ އެވޯޑް ލިބިފަ އެވެ.
މީ ފަހުގެ ތާރީހެއްގައި ދިވެހި ފިލްމަކަށް މިފަދަ ޝަރަފްވެރި އިންޓަނޭޝަނަލް އެވޯޑެއް ލިބުނު ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
އަންހެނެއްގެ ހަޔާތުގައި ދިމާވި ގެވެށި އަނިޔާގެ ހިތްދަތިކަން ވަރަށް ފުރިހަމައަށް ދައްކުވައިދިން "ކަމަނާ" އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޤްބޫލުކަން ލިބުނު ފިލްމެކެވެ.
އައްޒައާއި ޔޫއްޕެގެ އިތުރުން "ކަމަނާ" އިން ފެނިގެންދިޔަ އިތުރު ތަރިންގެ ތެރޭގައި އައިމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު، އަހުމަދު ނިމާލު، މުހައްމަދު ރަޝީދު (ދަރާ) އަދި ނަތާޝާ ޖަލީލު ހިމެނެ އެވެ.
ޝާނީޒް އަލީ ޕްރޮޑިއުސްކުރި މި ފިލްމުގެ ވާހަކަ އަދި ސްކްރިޕްޓް ތައްޔާރުކުރީ މަހްދީ އަހްމަދު އެވެ.
ގިރާވަރު ފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް
އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ ނަން ބަދަލުކޮށްފި
އަތްވަށް ނުކުމެލަންވީ ގިނަ ސަބަބުތަކެއް!