ފަތުރުވެރިކަން ފުޅާވެފައިވާ ވ. އަތޮޅުގައި އޮތް ސަފަރީއެއްގައި އަލިފާންރޯވެ އަނދަމުން އެބަދެ އެވެ.
އެމްއެންޑީއެފް އިން ބުނީ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު ލިބިގެން ފަޔާ ފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތުގައި މިއަދު އިރުއޮއްސި 6:48 ގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ރޯވެފައި ވަނީ 'ޔަސްވާ ޕްރިންސަސް' ނަމަކަށް ކިޔާ ސަފާރީއެއްގަ އެވެ. އެ ސަފާރީ އޮތީ ވ. އަތޮޅު ކުދަންބަރާ ކައިރީގަ އެވެ.
އެމްއެންޑިއެފްއިން ހިއްސާ ކުރި ފޮޓޯއިން ފެންނަ ގޮތުގައި ސަފާރީގެ ގެގަނޑުގެ ކުރީކޮޅުގައި ވަރަށް ބޮޑަށް އަލިފާން ހިފާފައިވެ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެނެސްފައި ކަމަށެވެ.
ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ކަމަށް ފުލުހުން ބުންޏެވެ.
ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ 5 ފިރިހެނުންނާއި 12 އަންހެނުންނެވެ. އޭގެތެރޭގައި ދިވެހީންނާއި ބަންގްލަދޭޝް މީހުންގެ އިތުރުން ޖަރުމަނު ރައްޔިތެއް ވެސް ހިމެނެއެވެ.
އާ އަހަރާ ދިމާކޮށް އަބޫދާބީގައި ހަވާ އެރުވުމުގެ ރެކޯޑެއް!
ޒެންޑާޔާ ބަނޑުބޮޑު ކަމަށް ބުނާ އަޑުތައް ގަދަވެއްޖެ
އަކްޝޭ "ދްރިޝްޔަމް 3"ން ވަކިވެއްޖެ
