ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ކައިރީ އަމިއްލަ ފަރާތެއްގެ ހަރަދުގައި އިމާރާތް ކޮށްފައިވާ އާ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމައިފި އެވެ.
"މަސްޖިދުލް އީމާން"ގެ ނަން ދީފައިވާ އެ މިސްކިތަކީ ތިން ބުރިއަށް ހަދާފައިވާ 1،200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި އެ މިސްކިތް ހުޅުވާނީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށެވެ.
މިހާރު ވެސް އެ ތަނުގައި އާ މިސްކިތްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރެވެމުން އެބަދެ އެވެ. އެސްޖޭ ކުންފުނިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް މި މަހު މަހުގެ ނިމޭނެ ކަމަށް ކުރިން ބުނެފައިވިޔަސް އެ ތަނުގެ ސްޕީޑު ހުރި ގޮތުން އެ މުއްދަތަށް ނުނިމޭނެ އެވެ.
އެ މިސްކިތުގެ އިތުރުން ވެސް އިތުރު މިސްކިތްތަކުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވެ އެވެ. ނަމަވެސް މަސައްކަތް ކުރިއަކަށް ނުދެ އެވެ.
އާ މިސްކިތެއް ހުޅުވަން ތައްޔާރުވަމުން އަންނައިރު ހުޅުމާލެ ފޭސް ދޭއްގެ އާ ފްލެޓްތަކަށް މީހުން ބަދަލުވާން ވެސް މިހާރު ވަނީ ފަށައިފަ އެވެ. އަދި އެ ސަރަހައްދުގެ އާބާދީ ބޮޑުވާތީ އަސާސީ ހިދުމަތްތައް ދިނުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ދަރްމެންދްރާގެ މަރަށްފަހު އޭނާގެ އާ ފިލްމެއް!
ސަރުކާރު ކުންފުނިތަކުގެ ޒިންމާއަކީ ސިޔާސީ އެޖެންޑާއަށް ހަދައިފި
ސައޫދީގެ ސަހަރާތަކަށް ސްނޯ ވެހެނީ!