ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ ހޮލީވުޑްގެ ޑައިރެކްޓަރެއް ކަމަށްވާ ރޮބް ރެއިނާއާއި އޭނާގެ އަންހެނުން މިޝޭލް ރެއިނާ މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.
ހޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ބޮބްއާއި މިޝޭލް މަރުވެފައި އޮއްވާ ފެނިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެ މީހުން ދިރިއުޅެމުން އައި ގެއިންނެވެ.
އެމީހުން މަރުވެފައި އޮއްވާ އެންމެ ފުރަތަމަ ފެނިފައިވަނީ އެމީހުންގެ އަންހެން ދަރިފުޅަށް ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހުން މަރުވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި އެ ދެމީހުންގެ މަރުގެ ޒިންމާ އެޅެނީ އެ މީހުންގެ ފިރިހެން ދަރިފުޅު ނިކް ރެއިނާގެ ބޮލުގަ އެވެ. ނިކްއަކީ އެޑިކްޝަން ތަހައްމަލުކުރާ ފަރާތެކެވެ.
ރޮބްއަކީ "ވެން ހެރީ މެޓް ސެލީ"، "ދިސް އިޒް ސްޕައިނަލް ޓްރެޕް" އަދި "ސްޓޭންޑް ބައި މީ" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކުރި ފަރާތެކެވެ.
ރޮބްއާއި މިޝޭލްގެ މަރާއެކު ހޮލީވުޑްގެ ގިނަ ތަރިންތަކެއް އަންނަނީ ހިތާމަ ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި އޭނާއާއެކު މަސައްކަތްކުރި ތަރިން ވެސް ހިމެެނެ އެވެ.
ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތަކުގެ އާއްމު ސަބަބުތައް!
މާލީ ދާއިރާގެ އިސްލާހީ މަސައްކަތްތައް އިފްތިތާހުކޮށްފި
ދަރްމެންދްރާގެ މަރަށްފަހު އޭނާގެ އާ ފިލްމެއް!