ހުޅުމާލޭގެ މުނިސިޕަލް ކަންކަމާ މާލެ ސިޓީ ކައުންސިލުން ހަވާލުވާން ދެކޮޅު ހަދަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ފޭސް އެކެއްގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލާ ހަވާލުކުރަން ވީ ވައުދު ހަނދާން އެބަހުރި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ވައުދު ފުއްދުމަށްޓަކައި ހުޅުމާލޭގެ މުނިސިޕަލް ކަންކަން ހަވާލުކުރުމަށް ސަރުކަރާއި ކައުންސިލާއި އެޗްޑީސީން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ހުރިހާ ކަމަކާ ހަވާލުވާން ކައުންސިލުން ބޭނުންނުވީ ކަމަށް ވިދާޅުވި އެވެ.
އެހެން ކަމުން މިވަގުތުވެސް ހުޅުމާލޭގެ މުނިސިޕަލް ކަންކަން އެޗްޑީސީން ބަލަހައްޓަމުން ގެންދަނީ ވަގުތީ ގޮތުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ ކައުންސިލްގެ އެ ނިންމުން އަވަހަށް ބަދަލު ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މިހާރުވެސް ހުންނެވީ ވައުދުފުއްދަވަން ތައްޔާރަށް ކަމަށެވެ.
"އެހެން ނަމަވެސް ކައުންސިލުން އެކަމަށް އެ ރެސްޕޮންސިބިލިޓީ ނަގަން ބޭނުންނުވާތީ ނުވަތަ ތައްޔާރުނުވާތީ ކަމަށް ވެދާނެ ހަވާލުނުވެ އޮތީމަ އެކަން ނުފުއްދި އެ އޮތީ. އެހެންވީމަ އަޅުގަނޑުގެ ވަޢުދުފުއްދަން މިހުރީ ރެޑީގައި މިހާރު ވެސް," ރައީސް ވިދާޅުވި އެވެ.
ޑްރަގާއި އެކު 4 މީހުން ހައްޔަރުކޮށްފި
2025ގެ އެންމެ މޮޅު ބިރުވެރި ފިލްމުތައް!
ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބީއެމްއެލް
