މިދިޔަ މަހުގެ ފަހުކޮޅު މަރުވި ބޮލީވުޑްގެ ލެޖެންޑް ދަރްމެންދްރާގެ މަރަށްފަހު ވެސް އޭނާގެ އާ ފިލްމެއް ރިލީޒް ކުރަން ތައްޔާރު ވެއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ދަރްމެންދްރާ މަރުވުމުގެ ކުރިން އޭނާ ކުޅުނު އެންމެ ފަހު ފިލްމު "އިއްކީސް" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.
އާ އަހަރާ ދިމާކޮށް "އިއްކީސް" ރިލީޒް ކުރަން ހަމަޖެހިފައިވާއިރު މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެ ފިލްމު ރިލީޒް ކުރުން ފަސްކުރެވިފައިވެ އެވެ.
އެގޮތުން އެންމެ ފުރަތަމަ ފަހަރު ދަރްމެންދްރާގެ މަރާ ގުޅިގެން އެ ފިލްމު ރިލީޒް ކުރުން ފަސް ކުރެވުނުއިރު ދެވަނަ ފަހަރަށް އެކަން ފަސް ކުރެވުނީ މިހާރު ސިނަމާތަކުގައި ދައްކަމުންދާ "ދުރަންދަރް"ގެ ސަބަބުން އެ ފިލްމަށް ލިބޭ ތަރުހީބު ކުޑަވެދާނެ ކަމަށް ވިސްނާފަ އެވެ.
ދަރްމެންދްރާގެ އިތުރުން ޒުވާން ތަރި އަގަސްތުޔާ ނަންދާ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ އިންޑިއާގެ އެންމެ މަތީ އަސްކަރީ ޝަރަފު އެންމެ ހަގު އުމުރުގައި ހާސިލްކުރި އަރުން ކެތަރަޕަލްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އޭނާއަށް އެ ޝަރަފު ލިބުނީ އެންމެ 21 އަހަރުގަ އެވެ.
"ދަ އާޗީސް"އިން ބޮލީވުޑަށް ތައާރަފްވި އަގަސްތުޔާއަކީ ބޮލީވުޑްގެ ލެޖެންޑް ރާޖް ކަޕޫރަށް މުނިކާފަ ކިޔާ ތަރި އެކެވެ. އޭނާގެ މަންމަ ފަރާތުގެ ކާފައަކީ މަޝްހޫރު ތަރި އަމީތާބް ބައްޗަން އެވެ.
އިންތިހާބާ ދިމާކޮށް ހިޔާ ފްލެޓްގެ ޖޫރިމަނާތައް މާފްކޮށްދީފި
ކާރު އެކްސިޑެންޓެއްގައި ނޯރާއަށް އަނިޔާ ވެއްޖެ
އެކްޓް ކުރުމަށްވުރެ މޮޅީ އެހެން ކަމަކަށް ކަމަށް ވިކީ ބުނެފި