2025 ވަނަ އަހަރު ނިމެން ކައިރިވެފައިވާއިރު މި އަހަރަކީ ވެސް ހޮލީވުޑްގައި ކާމިޔާބު އެތައް ފިލްމެއް ރިލީޒް ކުރެވުނު އަހަރެއްކަން ފާހަގަ ކޮށްލެވެ އެވެ.
އެގޮތުން މިއަހަރު ރިލީޒް ކުރެވުނު ހޮލީވުޑްގެ ބިރުވެރި ފިލްމުތަކަށް ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. މި ލިޔުމުގައި މި ބަލާލަނީ މިއަހަރު ނުކުތް އެންމެ މޮޅު ބިރުވެރި ފިލްމުތަކަށެވެ.
28 ޑޭސް ލޭޓާ
ޑެނީ ބޮއިލް ޑައިރެކްޓް ކޮށްދީފައިވާ މި ފިލްމުން ދައްކުވައިދެނީ ދުނިޔެއަށް ފެތުރުނު ނުރައްކާތެރި ވައިރަސްއަކަށްފަހު ސަލާމަތްވި މީހުންތަކެއްގެ ދަތުރު ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމަށް އައިއެމްޑީބީގައި 6.6 ލިބިފައިވެ އެވެ.
ފައިނަލް ޑެސްޓިނޭޝަން: ބްލަޑްލައިން
ފައިނަލް ޑެސްޓިނޭޝަން ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމުން ފެނިގެންދަނީ ފުރާވަރުގެ އަންހެން ކުއްޖަކަށް ފެންނަ ހުވަފެން ތަކެކެވެ. އެ ހުވަފެންތަކުން އެ އާއިލާގެ މުސްތަގްބަލު ފެންނައިރު އެކަންކަމުން އޭނާގެ އާއިލާ ސަލާމަތްކުރަން މަސައްކަތް ކުރެ އެވެ. އައިއެމްޑީބީ 6.7
ބްރިންގް ހާ ބެކް
އައިއެމްޑީބީގައި 7.1 ލިބުނު މި ފިލްމުގައި ފެނިގެންދާނީ އެއްބަފާ ދެބެއިން އެ މީހުންގެ ދޮން މަންމަގެ ފަރާތުން ފެންނަ އަޖާއިބު ކުރުވަނިވި ކަންތައްތަކެއްގެ އަޑި ހޯދަން ކުރާ މަސައްކަތެވެ.
ވެޕަންސް
2025 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ފިލްމުގެ ގޮތުގައި ފާހަގަ ކުރެވޭ ވެޕަންސްއަށް އައިއެމްޑީބީ ރޭޓިންގްސްގެ ގޮތުގައި 7.5 ލިބުނުއިރު އެ ފިލްމަކީ ސްކޫލެއްގައި ކިޔަވާ ދަރިވަރުންތަކެއް ވާނުވާއެއް ނޭނގި ގެއްލޭ ގެއްލުން ދައްކައިދޭ ފިލްމެކެވެ.
ސިނާސް
އަހަރުގެ އެންމެ މޮޅު ބިރުވެރި ފިލްމްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަނީ ރަޔާން ކޫގްލާ ޑައިރެކްޓްކުރި "ސިނާސް" އެވެ. އައިއެމްޑީބީއިން 7،6 ލިބުނު އެ ފިލްމުން ދައްކުވައިދެނީ ދެ ފިރިހެނުން އެމީހުންގެ އުފަން އަވަށަށް ދިއުމުން ކުރިމަތިވާ އާދަޔާހިލާފު ކަންތައްތަކެވެ.
ދަރްމެންދްރާގެ މަރަށްފަހު އޭނާގެ އާ ފިލްމެއް!
އަންހެނުންނަށް މާ ގިނައިން ނިދި ބޭނުންވޭ: ދިރާސާ