ކޯތާފަތާއި މޫނުގެ އެކި ހިސާބުތަކުން ކުލަ ބަދަލުވެ ކަޅު ލައްތަކެއް ހުރުމަކީ އަހަރުމެންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ.

ފިލުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ކުުރަން އުނދަގޫ މި ލައްތައް ފިލުވާލަން ގޭގައި ވެސް މަސައްކަތް ކުރެވިދާނެ އެވެ. އެގޮތުން މި ލިޔުމުގައި މި ހިއްސާ ކޮށްލަނީ މިކަމަށް ކުރެވިދާނެ ގެވެށި ފަރުވާ އަކަށެވެ.

ބޭނުންވާ ތަކެތި

  • 4 މޭޒުމަތީ ސަމްސާ އަލްމަންޑް ޕައުޑަރު
  • 3 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
  • 2 މޭޒުމަތީ ސަމްސާ ހިކިކިރު

ތައްޔާރު ކުރާނެ ގޮތް

މަތީގައި ބުނެފައިވާ ހުރިހާ އެއްޗެއް ތައްޓަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މޫނުގައި ނުވަތަ ކަޅު ލައްތައް ހުރި ކޮންމެ ތަނެއްގައި މި ސްކްރަބް އުނގުޅުމަށްފަހު 30 މިނެޓްވަންދެން މަޑު ކުރުމަށްފަހު ދޮވެލާށެވެ.

އެއް މަސް ވަންދެން ކޮންމެ ދުވަހަކު މިގޮތަށް އަމަލު ކޮށްފިނަމަ އެކަމުގެ ހެޔޮ ނަތީޖާ ފެންނަން ފަށާނެ ކަމަށް މާހިރުން ވިދާޅުވެ އެވެ.

ބާޒާރުގައި ލިބެން ހުންނަ ކެމިކަލް ޕްރޮޑަކްޓްތަކުގެ ބަދަލުގައި މިފަދަ ގުދުރަތީ ފަރުވާތައް ބޭނުން ކުރުމަކީ އަހަރުމެންގެ ހަންގަނޑަށް އެންމެ ފައިދާހުރި ގޮތެވެ.