ދިވެހިރާއްޖޭގެ ތާރީހުގެ މުހިއްމު ހިއްސާއެއް ކަމަށްވާ ޕޯޗުގީޒުންގެ އަޅުވެތިކަމާއި އެ އަޅުވެތިކަމުން ދިވެހި ގައުމު ސަލާމަތް ކުރަން ބޮޑު ތަކުރުފާނު ކުރެއްވެވި ޖިހާދު ދައްކުވައިދޭ އާޓް އެކްޒިބިޝަންއެއް ފަށަން ތައްޔާރުވެއްޖެ އެވެ.
ޒުވާން ކުރެހުންތެރިޔާ އަދި ލިޔުންތެރިޔާ އަހުމަދު އަލީމްގެ ކުރެހުންތައް ދައްކައިދޭ މި އެކްޒިބިޝަންގައި ޕޯޗުގީޒުންގެ އަޅުވެތިކަމާއި ދިވެހި ގައުމުގެ މިނިވަން ކަމަށް ބޮޑު ތަކުރުފާނު ކުރެއްވި ޖިހާދުގެ އުސްއަލިތައް ފެނިގެންދާނެ އެވެ.
އަލީމް ބުނީ މި އެގްޒިބިޝަންގެ މައިގަނޑު މަގްސަދަކީ ބޮޑުވަމުން އަންނަ ޖީލުތަކަށް ދިވެހި ތާރީހުގެ އެ ސަފްހާތައް ހުށައަޅައިދިނުން ކަމަށެވެ.
"މި ކުރެހުންތަކަކީ ދިވެހިންގެ ސަގާފަތާއި ތާރީހުގެ ސަފްހާތައް މިއަދުގެ ޖީލަށް ފަހުމް ވާނެ ގޮތަށް ކުލަ ޖައްސައިދީފައިވާ ކުރެހުންތަކެއް" އޭނާ ބުންޏެވެ.
އަލީމް ވަނީ މީގެ ކުރިން ޕޯޗުގީޒުންގެ ވާހަކަ އިނގިރޭސި ބަހުން ލިޔެ މުޅި ދުނިޔެއަށް ދޫކޮށްލާފަ އެވެ. ފަސް ބަޔަކަށް ބަހާލައިގެން "ދަ ޓައިޑްސް އޮފް ކާއޯސް"ގެ ނަމުގައި ލިޔަން ހަމަޖެހިފައިވާ އެ ވާހަކައިގެ ފުރަތަމަ ބައި މިހާރު އެމޭޒަންއިން ލިބެން ހުންނާނެ އެވެ.
މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ނެޝަނަލް އާޓް ގެލަރީގައި ކުރިއަށްދާ އެ އެގްޒިބިޝަން ވަނީ އާއްމުންނަށް ހުޅުވާލާފަ އެވެ. ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ 10:00 ން 22:00 އަށް ހުޅުވާފައި ހުންނައިރު ނަމާދު ވަގުތުތަކަށް ބަންދު ކުރާނެ އެވެ.
މޫނުގައި ނަގާ ކަޅު ލައްތަކަށް ގެވެށި ފަރުވާއެއް!
ސޮނާކްޝީގެ ކައިވެނިން އޭނާގެ ބޭބެއިން ނުފެނުނީ ކީއްވެ؟
ނައުފަލްގެ ވީޑިއޯތައް ފެނުމުން ހެވޭނެ!
ބޮޑުތަކުރުފާނު ވާހަކަ އިނގިރޭސި ބަހުން ލިޔެ އެމޭޒަންއަށް!
ދިވެހި ތާރީޚު އަލީމް ގެނެސްދެނީ ތަފާތު ގޮތަކަށް!