މޫސުން ގޯސްވެ ޅ އަތޮޅުން ފެށިގެން ވާވު އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު ނެރުނު ޔެލޯ އެލާޓްގައި ބުނީ ޅ އަތޮޅުން ފެށިގެން ވ އަތޮޅަށް މިއަދު 12:45 އަކުން ފެށިގެން ހަވީރު 16:00 އާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
ފާއިތުވި ދެ ދުވަހުވެސް މެދު ރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގައި ކަނޑުތައް މިއަދު ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ކަނޑުތައް ގަދަވާއިރު، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ރޭގަނޑު ދަތުރު ކުރާނަމަ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށް އިލްތިމާސްކުރެއެވެ.
ހުޅުމާލެ 3ވަނަ ފިޔަވަހިން ދިން ގޯތިތަކުގެ ގުރުލުން ހޮނިހިރުގައި
ކަރިޝްމާއާއި އަބީޝޭކްގެ ގުޅުން ނިމުމަކަށް އައީ ކީއްވެ؟
އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ ޖެނުއަރީ 30 ގައި ބާއްވާނީ