ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބުނު މީހުންގެ ގުރުއަތުލުން މިއަދު ފަށައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން 698 ގޯތި ދޫކޮށްފައިވެ އެވެ.
މިއަދު ކަލާފާނު ސުކޫލުގައި ގުރުއަތުލުން ފަށައިގެން ކުރިއަށް ދާއިރު ހައުސިން މިނިސްޓްރީން ބުނީ ހުޅުމާލޭގެ ފޭސް ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، އައު ލޭންޑް ޔޫސް ޕްލޭނެއް ހަދާފައިވާ ކަމަށެވެ. އެހެންކަމުން ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވާތީ އައު ލޮޓް ނަންބަރެއް ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ހައުސިން މިނިސްޓްރީން ބުނީ ގޯތި ލިބޭ މީހުންގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓަރީ އާއި ބިން ލިބޭ މީހުންނާ އެކު ސޮއިކުރާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ. އަދި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކައި ނިމުމުން، ގޯތި ލިބިފައިވާ މީހުންނާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ ކުރީގެ ސަރުކާރުން 2023 ވަނަ އަހަރު އެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުން އެ މަސައްކަތް ހިއްޓިފައި އޮތުމަށްފަހު މިދިޔަ މަހު ވަނީ ބިން ހިއްކުން އަލުން ފަށާފަ އެވެ.
މިހާތަނަށް ހުޅުމާލެ ފޭސް ތިނަކުން ހިއްކިފައި ވަނީ 24 ހެކްޓަރުގެ ބިމެވެ. ބާކީ 38 ހެކްޓަރުގެ ބިން ހިއްކަންޖެހެ އެވެ.
ގުޅިފަޅުގެ ފުން ސަރަހައްދާއި ގިރާވަރުފަޅުގެ ބިން ހިއްކުން ވެސް ވަނީ ހުއްޓިފަ އެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށާއި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސް ސޯލިހުގެ ސަރުކާރުން ނިންމާފައިވާ އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަކަށް ނުދެ އެވެ.
ސޮނާކްޝީގެ ކައިވެނިން އޭނާގެ ބޭބެއިން ނުފެނުނީ ކީއްވެ؟
ޖެނިފާއާއި ބެެންގެ ކައިވެނި ރޫޅުނީ ޑިޑީގެ ސަބަބުންތަ؟
3،984ރ. ގައި ހުރި ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދިއްޖެ