ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބޭ ކަމުގެ ޝަކުވާއާއެކު ވިޔަފާރިވެރިންގެ ގިނަ އަދަދެއްގެ ޝަކުވާތައް ރައީސް މުހައްމަދު މުއިއްޒު ކުރިމަތީ ބަންޑުންކޮށްލައިފި އެވެ.
ބައެއް ވިޔަފާރިވެރިން ބުނީ މިދިޔަ ސަރުކާރު ދުވަސްވަރު އޭނާގެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށް ވެސް ފައިސާ ލިބިފައިނުވާ ކަމަށެވެ.
"ސަރުކާރުގެ އެސްއޯއީތަކުން އަދިވެސް އަޅުގަނޑުމެންނަށް ކުރީ ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް ފައިސާ ނުލިބި އެބަހުރި، އެހެންނަމަވެސް މީރާއަށް އަޅުގަނޑުމެން ދައްކަންޖެހޭ ޓެކްސް ހަމަ އޭގެ ޒާތުގައި ވަގުތުން ވަގުތަށް ދައްކަމުން ދާންޖެހޭ، މި ކަމުގެ ސަބަބުން ޓެކްސްގެ ޖޫރިމަނާ އަރައި މާލީ ދަތިކަމުގެ ތެރެއިން އަރައިގަންނަން ހަރުމުދާ ވިއްކާ ހިސާބަށް ކަންތައްތައް ގޮސްފައި އެބަހުރި،" އޭނާ ބުންޏެވެ.
ފިނޭންސް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުން ވެސް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ ވިޔަފާރިވެރިން ވަނީ ކޮށްފަ އެވެ. ސަރުކާރުން ފައިސާ ނުދިނަސް އެ ކުންފުނިތަކުން ބަރާބަރަށް ޓެކްސް ދައްކަންޖެހޭ ކަމަށާއި ޓެކްސް ނުދައްކައިފިނަމަ ފިޔަވަޅު ވެސް އަޅާ ކަމަށް ބައެއް ވިޔަފާރިވެރިން ބުންޏެވެ.
ސަރުކާރު ކުންފުނިތަކުން ފައިސާ ނުދޭތީ، އަމިއްލަ ކުންފުނިތަކުން ދައްކަންޖެހޭ ޓެކްސް ފައިސާ ސަރުކާރު ކުންފުނިތަކުން ދައްކަންހުރި ފައިސާ އިން ކެނޑޭނެގޮތެއް ހަމަޖައްސައިދިނުމަށް ވެސް ވިޔަފާރިވެރިޔަކު ހިޔާލު ދެއްވި އެވެ.
މީގެއިތުރުން ޑޮލަރުގެ ރޭޓް މިހާރު ހުރީ އަތްނުފޯރާފަށުގައި ކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ.
އަމިއްލަ ޖަނެރޭޓަރަކުން ކަރަންޓް ދީގެން ބޮޑު ޖަލްސާ ބާއްވަނީ
އާލިއާއަށް ލޯބިން ކިޔައި އުޅުނު ނަން އެނގޭތަ؟
ލޯ ކައިރި ކަޅުވުމަށް ހައްލެއް ބޭނުންތަ؟
