މޮނިއުމެންޓްގެ ގޮތުގައި ދިރޭ ތަކެތީ ގެ ސޫރަ ބެހެއްޓުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.
ދިރޭތަކެތީގެ ސޫރަ ހިމެނޭގޮތަށް މޮނިއުމެންޓްތައް ބެހެއްޓުމަކީ ފަހަކަށް އައިސް ރަށްރަށުގައި ކުރަމުން އަންނަ ކަމެކެވެ.
އެފަދަ ތަކެތި ބެހެއްޓުމާ ގުޅޭ ގޮތުން އާންމު ފަރާތަކުން ހުށަހެޅި ސުވާލަކާ ގުޅިގެން ފަތުވާ މަޖިލީހުން ވަނީ އެ މައްސަލައިގައި އިލްމީ ގޮތުން ދިރާސާކޮށް، އިއްޔެ ފަތުވާއެއް ނެރެފަ އެވެ.
އެ ފަތުވާގައި ބުނެފައިވަނީ އިސްލާމްދީނުގައި ފުރާނަހުރި ތަކެތީގެ ސިފައިގައި ހަދާފައިވާ ބުދު ނުވަތަ މޮނިއުމެންޓް ބެހެއްޓުމަކީ ހަރާމްކަމެއް ކަމަށެވެ. އެކަމުގެ މުހިންމުކަން ދޭހަވަނީ ރަސޫލާ މައްކާ ފަތަހަކުރެއްވި ދުވަހު މަނާތު، އުއްޒާ އަދި ލާތު ފަދަ ބުދުތައް ނައްތާލެއްވުމަށް ސަހާބީން ފޮނުއްވި ކަމުންނެވެ. އަދި އެކަލޭގެފާނުގެ އަވަހާރަވުމަށްފަހުގައި ވެސް ސަހާބީން މިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާތީ ކަމަށް ފަތުވާގައި ބުންޏެވެ.
ފަތުވާގައި ބުނީ ބުދުތަކަށް އަޅުކަންކުރުން ފެށިގެން އައިސްފައިވަނީ ސާލިހު އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ތަކެތ،ި އިލްމު ގެއްލި މީސްތަކުން މަގުފުރެދުމުގެ ސަބަބުން ކަމަށެވެ. އެކަމުގެ ނުރައްކާތެރިކަން ވަޒަންކުރެއްވި އިބްރާހީމުގެފާނު، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ބުދަށް އަޅުކަންކުރުމުން ދުރުކޮށްދެއްވުމަށް ދުއާ ކުރެއްވިކަން ވެސް ފާހަގަކުރެއްވިއެވެ.
މުއިއްޒު ނުހައްގުން ފްލެޓް އަތުލި އެކަނިވެރިމައެއްގެ ޝަކުވާ!
ސަބަބެއް ނެތި ދާހިއްލުމަކީ ގޯހަކަށް ވެދާނެ!
ފްލެޓްގެ ޑައުންޕޭމަންޓާ ގުޅޭގޮތުން ގެނެވޭނެ ހައްލެއް ބަލަނީ
