ކޮންމެ އިންސާނަކާ ވެސް ބުރުސޫރަ އެއްގޮތް އިތުރު ހަތް މީހަކު ދުނިޔޭގައި އުޅޭ ކަމަށް ސައިންސްގެ ހޯދުންތަކުން މީގެ ކުރިން އެނގިފައިވެ އެވެ.
އެހެން ނަމަވެސް ތިބާއަކީ އާއްމުންގެ މެދުގައި ނަން މަޝްހޫރު ތަރިއަކާ ބުރުސޫރަ އެއްގޮތް މީހަކަށް ވާނަމަ ތިބާއަށް ލިބޭ ސަމާލުކަން ދެ ގުނަ އިތުރުވާނެކަން ގައިމެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ހޮލީވުޑްގެ މަޝްހޫރު ތަރިންނާ ބުރުސޫރަ އެއްގޮތް މީހުންނަށެވެ.
އެމާ ވެޓްސަން - އެލާ ނޯޓަން
ފޮޓޯގެ ކަނާތް ފަރާތުން އެ ފެންނަނީ މަޝްހޫރު ފިލްމީ ތަރި އެމާ ވޮޓްސަން އެވެ. ވާތް ފަރާތުގައި އެވަނީ އިނގިރޭސިވިލާތުގައި ކިޔަވާ ކުއްޖެއް ކަމަށްވާ އެލާ ނޯޓަން އެވެ. އެލާ ބުނީ އޭނާ އާއި އެމާ ވޮޓްސަން އާއި ވައްތަރު ކަމަށް މީހުން ބުނާތީ އުފާވާ ކަމަށެވެ. އަދި ވަރަށް ގިނަ މީހުން އޭނާއާއި އެކި ފޮޓޯ ނަގަން ވެސް އަންނަ ކަމަށެވެ.
މެއިސީ ވިލިއަމްސް - ސޮންޖާ ލޮވްޑަލް
ކޯޕަންހޭގަންގެ ކޮންޓެންޓް ކްރިއޭޓާއެއް ކަމަށްވާ ސޮންޖާ ލޮވްޑަލް (ވ) ބުނި ގޮތުގައި ވަރަށް ގިނަ ފަރަހަށް އޭނާ އަކީ ގޭމް އޮފް ތްރޯންސްގެ ތަރި މެއިސީ ވިލިއަމްސް (ކ) ކަމަށް މީހުން ހީކުރެ އެވެ. މި ޝަރަފު އޭނާ ބޭނުންކުރަނީ "ޕާޓީ ޓޫލް" އެއްގެ ގޮތަށް ކަމަށް ވެސް އޭނާ ބުނެ އެވެ.
އެޑް ޝީރަން -
ޖަރުމަނަށް ނިސްބަތްވާ މި މީހާ (ވ) ބުނި ގޮތުގައި އޭނާ މަސައްކަތް ކުރަނީ އެޑް ޝީރަން (ކ)ގެ ޑަބަލްއެއްގެ ގޮތުގައި ކަމަށާއި ގިނަ ފަހަރު ހަމަޖެހިލައިގެން ފިހާރަތަކަށްވެސް ނުދެވޭ ކަމަށެވެ.
ރިއާނާ -
މި ފޮޓޯގެ ވާތް ފަރާތުން އެ ފެންނަ "ޕޯޗުގަލްގެ ރިއާނާ" ބުނި ގޮތުގައި އޭނާ ލޯބިވާ ފަންނާނަކާ ސިފަ ވައްތަރު ވުމަކީ ފަހުރުވެރިވާ ކަމެކެވެ. ރިއާނާ އެހެރީ ފޮޓޯގެ ކަނާތްފަރާތުގަ އެވެ.
ނީލް ޕެޓްރިކް - ސްޓެފަން އެންޓަން
ޖަރުމަނަށް ނިސްބަތްވާ ސްޓެފަން އެންޓަން (ވ) ބުނި ގޮތުގައި އޭނާ މަޝްހޫރުވެފައި ވަނީ "ހައު އައި މެޓް ޔުއާ މަދާޥގެ ކެރެކްޓަރު، ބާނީ ސްޓިންސަންގެ ރޯލު ކުޅުނު ނީލް ޕެޓްރިކް ހެރިސް (ކ) އާއި ވައްތަރުވުމުންނެވެ. އެ ޝޯގެ ފޭނުން އޭނާ ފެނުމުން "މޮޔަ"ވާ ކަމަށް ވެސް އޭނާ ބުންޏެވެ
ކިއާނޫ ރީވްސް - ޑެނިއަލް ވޮލޮވޮސެކް
ޑެނިއަލް ވޮލޮވޮސެކް (ވ) ބުނީ ކިއާނޫ ރީވްސް (ކ)އާއި އޭނާ ވައްތަރު ކަމުން އަބަދުވެސް މަސައްކަތުގައި އުޅޭ ގަޑީގައި މީހުން އޭނާއާއި އެކީ ސެލްފީ ނަގަން ބޭނުންވެ، މަޑުކުރުވާ ކަމަށެވެ. އަދި މި ކަންތައް ބޮޑުވެގެން އޭނާގެ ވެރިން އޭނާ ބަހައްޓަނީ އަބަދުވެސް އޮފީސް ތެރޭގައި ކަމަށެވެ.
ބެލާ ހަދީދް - ޑިލާރާ ޓޮޕްރާކީ
ތުރުކީގައި ދިރިއުޅޭ ޑިލާރާ ޓޮޕްރާކީ (ވ) އާއި މަޝްހޫރު މޮޑެލް ބެލާ ހަދީދް (ކ) ވަރަށް ވައްތަރެވެ. ޑިލާރާ ބުނި ގޮތުގައި އޭގެ ސަބަބުން އޭނާ އުފާވެ އެވެ.
އޮސްކާއަށް އިންޑިއާއިން ހުށައެޅީ "ހޯމްބައުންޑް"!
ސަބަބެއް ނެތި ދާހިއްލުމަކީ ގޯހަކަށް ވެދާނެ!
ބިދޭސީ ޓީޗަރުންނާއި ނަރުހުން ވަޒީފާ އަދާކުރުން މަނާކޮށްފި