ސައިފް އަލީ ޚާންއާއި ކަރީނާ ކަޕޫރަކީ ބޮލީވުޑްގައި ހަރަކާތްތެރިވާ ޖޯޑުތަކުގެ ތެރެއިން ގިނަ ބައެއްގެ މަގުބޫލު ކަމާއި ލޯބި ހޯދާފައިވާ ޖޯޑެކެވެ.
ދާދި ފަހުން "ދަ ހޮލީވުޑް ރިޕޯޓާ އިންޑިއާ"އަށް ދިން އިންޓަވިއުއެއްގައި ސައިފް ވަނީ އެ ދެމީހުންގެ ގުޅުމާ ބެހޭގޮތުން ބައެއް ކަންތައްތައް ހިއްސާޔ ކޮށްފަ އެވެ.
އެ އިންޓަވިއުގެ ތެރެއިން ސައިފް ބުނި އެންމެ ފާހަގަ ކޮށްލެވޭ އެއް ވާހަކައަކީ އެހެން އެކްޓަރުންނާއެކު ކަރީނާ މަސައްކަތް ކުރާތީ ހަސަދަވެރިވި ކަމަށް އޭނާ ބުނި ބުނުމެވެ.
އެގޮތުން ކަރީނާއާއި ސައިފް އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅުނުއިރު ކަރީނާއަކީ ބޮލީވުޑްގައި އެންމެ ގިނައިން މަސައްކަތްކުރި އެއް އެކްޓަރު ކަމަށާއި އޭނާއާއެކު އެހެން އެކްޓަރުން ފެންނާތީ ކޮންމެވެސް ވަަރަކަށް ހިތްހަމަ ނުޖެހުނު ކަމަށް ސައިފް ބުންޏެވެ.
އޭގެ އިތުރުން އަހަރުތަކުގެ ތެރޭގައި އެ ދެމީހުންގެ ގުޅުން ވަރުގަދަ ވެފައިވާ ކަމަށާއި ކަރީނާއަކީ ފުރިހަމަ އަންތްބެއްގެ އިތުރުން އެހާމެ ފުރިހަމަ މަންމައެއް ކަމަށް ވެސް ސައިފް ބުނެފައިވެ އެވެ.
2012 ވަނަ އަހަރު ކައިވެނިކުރި ސައިފްއާއި ކަރީނާއަށް ދެ ދަރިން ލިބިފައިވާއިރު ދަރިން ލިބުމަށްފަހު ކަރީނާ ފިލްމީ މަސައްކަތްތަކުން ފެންނަ މިންވަރު ވަނީ ކޮންމެވެސް ވަރަކަށް މަދުވެފަ އެވެ.
24 ގަޑިއިރު ނުވަނީސް ޝައިހްއަށް އެހީ ލިބިއްޖެ
އޮސްކާއަށް އިންޑިއާއިން ހުށައެޅީ "ހޯމްބައުންޑް"!
މި ފޮޓޯތަކުން އަސްލު ތަރިން ފާހަގަ ކުރަން އެނގޭތަ؟