ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ ޖައްވީ ފިލްމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީއަށް އެދެން ޓޮމް ބޭނުންނުވާތީ އެވެ.
އެގޮތުން އެ ފިލްމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާގެ ފެޑެރަލް ސަރުކާރުން ހުއްދަތަކެއް ނަގަން ޖެހޭ ކަމަށާއި އެހެން ނަމަވެސް ސިޔާސީ ސަބަބުތަކަށްޓަކައި އެކަން ކުރަން ޓޮމް ބޭނުންނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބައިނަލްއަގްވާމީ ޖައްވީ އިދާރާއާ ގުޅިގެން އުފައްދަން މަސައްކަތްކުރި އެ ފިލްމު އެންމެ ފުރަތަމަ އިއުލާން ކޮށްފައިވަނީ 2020 ވަނަ އަހަރު އެވެ.
މަހުޖަނު އިލަން މަސްކްގެ ވެސް ބައިވެރިވުމާއެކު ވިސްނާފައިވާ އެ ފިލްމު ޝޫޓް ކުރަން ހަމަޖެހިފައި އޮތީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގަ އެވެ.
އެހެން ނަމަވެސް އެ ފިލްމުގެ މަސައްކަތް ހުއްޓުމާއެކު ޓޮމް މިހާރު އަންނަނީ އޭނާގެ ކުރިއަށް ހުރި އެހެން ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ.
ދޮންނަ މެޝިން ވެސް ދޮންނަން ވާނެ!
އުތުރު ކޮރެއާގައި ކުރުން މަނާ ކަންތައްތަކެއް!
ޓީޗަރުންނަށް ހަނގާކޮށް އުނދަގޫ ކުރުން އާންމު، ވެރިން ތިބީ ހަނު