ވައި ނުސާފުވުމަށް އަދިވެސް ބަދަލެއް ނާންނަ ކަމަށާއި އެކަން އަންނަ ހަފްތާގެ ނިޔަލަށް ދެމިގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
މާލެ ސަރަހައްދުގެ ނުރައްކާތެރި މިންވަރަށް ވައި ނުސާފުވުމުން އެޗްޕީއޭއިން އިއްޔެ ވަނީ އޮރެންޖު އެލާޓް ނެރެފަ އެވެ.
އެޗްޕީއޭ އިން ބުނީ ވައި ނުސާފުވުމުން ނާޒުކު ހާލަތުގައި ތިބި މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި އެހެންވެ، އެ ފަދަ ހާލަތުގައި ތިބި މީހުން ބޭރުގައި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވަނީ އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.
އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައި ތިބި މީހުން ބޭރަށް ނުކުންނައިރު އެން95 މާސްކު ބޭނުންކުރުމާއި ބޭރުގެ ނުސާފު ވައި ނުވަންނަ ގޮތަށް ގޭގެ ދޮރުތައް ލައްޕަން އަދި އެއާ ޕިއުރިފަޔާ ބޭނުންކުރަން އެދިފަ އެވެ.
ވައިނުސާފުވުން މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް މިއަށް ވުރެ ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައިވާއިރު، މެޓް އޮފީހުން ބުނީ ވައި ނުސާފުވުމަށް އަދިވެސް ބަދަލެއް ނާންނަ ކަމަށެވެ.
މެޓް އޮފީހުން "ހުރިހާ" އަށް ބުނީ ވައި ނުސާފުވުމަށް ބަދަލެއް ނާންނަ ކަމަށާއި އަދިވެސް ހާލަތު ހުރީ އެޗްޕީއޭއިން އޮރެންޖް އެލާޓް ނެރުނު ހާލަތުގައި ކަަމަށެވެ. އަދި އަންނަ ހަފްތާގެ ނިޔަލަށް އެކަން ދެމިގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.
"އަދި ވެސް ވައި ނުސާފުވުން އޮތީ ހަމަ އެއްހާލަތެއްގައި، އެކަމަށް ބަދަލެއް ނާދޭ. އަދިވެސް ހަމަ ވައި ނުސާފު. ލަފާކުވޭ އަންނަ ހަފްތާގެ ނިޔަލަށް މިކަން ދެމިގެން ދާނޭ ކަމަށް." އެޓް އޮހީހުން ބުންޏެވެ.
ކޮންމެ އަހަރެއްގެ ހުޅަނގުމޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ރާއްޖޭގެ ވައި އާންމުކޮށް ނުސާފުވެ އެވެ.
މޫސުން ދިރާސާކުރާ އިދާރާތަކުން ބުނާ ގޮތުގައި މި މޫސުމުގައި ރާއްޖޭގެ ވައި ނުސާފުވަނީ އިންޑިއާ އާއި ޕާކިސްތާން އަދި ޗައިނާ ހިއްސާކުރާ ފަރުބަދަ ޗޭނު "ހިމާލަޔާސް" އަށް ޖެހޭ ވައި ރާއްޖެއާ ދިމާލަށް ދަތުރުކުރާތީ އެވެ.
ޗުއްޓީގައި ހެދުން އަޅާއިރު ސަމާލުވާންވީ ދެތިން ކަމެއް!
ކެކިކެކި އޮންނަ ފެންގަނޑުގެ ވާހަކަ އަޑު އެހިންތަ؟