އޮސްޓްރޭލިއާގައި ވަކި އުމުރަކުން ދަށުގެ ކުޑަ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާކުރާ ގާނޫނު ފާސްކޮށް ތަންފީޒު ކުރަން ފަށައިފި އެވެ.
މިދިޔަ ބުދަ ދުވަހު ތަންފީޒް ކުރަން ފެށި އެ ގާނޫނުގެ ދަށުން އެ ގައުމުގެ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުމެއް ނުކުރެވޭނެ އެވެ.
އެގޮތުން އެ އުމުރުފުރާގެ ކުދިންނަށް މަނާ ކުރެވުނު ފާހަގަ ކޮށްލެވޭ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކް، އިންސްޓަގްރާމް، އެކްސް އަދި ޓްވިޓާ ހިމެނެ އެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން ބުނާ ގޮތުގައި މި ފިޔަވަޅުގެ މަގްސަދަކީ ކުދިންގެ އިޖުތިމާއީ ގުޅުންތައް ވަރުގަދަކޮށް ޓެކްނޮލޮޖީއާ ދުރު ސަގާފަތެއް ގާއިމު ކުރުމެވެ.
ފާއިތުވި ދުވަސްތަކުގައި އެތައް ހާސް އެކައުންޓެއް ޑީއެކްޓިވޭޓް ކުރެވިފައިވާއިރު ގާނޫނާ ހިލާފުވާ ފަރާތްތަކަށް 33 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
މި ގާނޫނާއެކު އޮސްޓްރޭލިއާ ވެފައިވަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ ގައުމަށެވެ. ދާދި ފަހުން ރާއްޖެއިން ވެސް ވަނީ ބޮޑުވަމުން އަންނަ ޖީލަށްޓަކައި ޖެނެރޭޝަނަލް ޓޮބޭކޯ ބޭންއެއް ތަންފީޒުކުރި ދުނިޔޭގެ ފުރަތަމަ ގައުމުގެ ޝަރަފު ހޯދާފަ އެވެ.
ޕީއެސްއެމްގެ އެމްޑީ ކަމަށް ޝަކީބު އައްޔަންކޮށްފި
ކަރަންޓުގައި ޖެހުނު ސްޓެލްކޯގެ މުވައްޒަފު މަރުވެއްޖެ
އާއްމުކޮށް ބަނޑު ހަރުވާނަމަ ވިސްނުން ކޮށިވޭ: ދިރާސާ