ރަންވީރު ސިންހްއާއި ދީޕިކާ ޕަދުކޯންއަކީ ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ ކާމިޔާބު އެއް ޖޯޑަށް ވާއިރު އެ ދެތަރިން އެކުގައި ފިލްމުތަކަށް ނަގަން ކުރަން ގިނަ ޕްރޮޑިއުސަރުން ބޭނުންވެ އެވެ.
އެހެން ނަމަވެސް އެކަން ކުރަން ގިނަ ޕްރޮޑިއުސަރުން ފަސްޖެހޭ އެއް ސަބަބަކީ އެ ދެމީހުން އެކުގައި ފިލްމަކަށް ނަގާނަމަ ހޭދަވާ ހަރަދެވެ. ނުވަތަ ދެ މީހުންގެ އަގެވެ.
މަޖައްލާއަކަށް ދިން އިންޓަވިއުއްގައި ދީޕިކާ ވަނީ މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. ދިޕިކާ ބުނީ ރަންވީރާއެކު ފިލްމެއް ނުވަތަ އިޝްތިހާރެއް ކުޅޭނަމަ އެކަމަށް ނަގާ ފީ ބޮޑުވެގެންދާނެ ކަމަށެވެ. އެއީ އެމީހުން ނަގަނީ "ޕްރިމިއަމް" ޕެކޭޖް ކަމަށްވެސް ބުންޏެވެ.
ޑަފް އެންޑް ފެލްޕްސްގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އިންޑިއާގެ އެންމެ އަގުބޮޑު ތަރިންގެ ގަދަ 10 ގައި ދިޕިކާ އާއި ރަންވީރު ހިމެނެ އެވެ.
ފިލްމަކަށް ދީޕިކާ 12-15 ކްރޯޑް ރުޕީސް ނަގާއިރު ދިޕިކާއަކީ ބޮލީވުޑްގައި އެންމެ އަގު ބޮޑު ބަތަލާ އެވެ. މީގެ އިތުރުން ދިޕިކާ އަކީ ދުނިޔޭގެ މަގުބޫލު ބްރޭންޑްތަކާއި އިންޑިއާގެ ބައެއް ބްރޭންޑްތަކުގެ އެމްބެސެޑަރުގެ މަގާމުވެސް އަދާކޮށްފައިވާ ފަންނާނެކެވެ.
ރަންވީރު އާއި ދީޕިކާ އެކުގައި ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި 2013 ގައި ނެރުނު "ގޯލިޔޯން ކީ ރާސްލީލާ ރާމް-ލީލާ"އާއި 2015 ވަނަ އަހަރު ޕްރިޔަންކާ ޗޯޕްރާ ވެސް ފެނިގެން ދިޔަ ސަންޖޭގެ ފިލްމު "ބަޖިރާއޯ މަސްތާނީ" ހިމެނެ އެވެ.
އެންމެ ފަހުން ރަންވީރު އަދި ދީޕިކާ ފެނިފައިވަނީ "ޕަދްމާވަތު" (2018) އިން ޝާހިދު ކަޕޫރާ އެކުގައާއި މަޝްހޫރު ގިނަ ތަރިންތަކަކާއެކު "ސިންގަމް އަގެއިން" (2024) އިންނެވެ.
ހިކެން ކިތަންމެ ބޭނުން ވިޔަސް ކޮށްގެން ނުވާނެ ކަންތައްތަކެއް!
އޮފީހުގެ ދުވަސް ފަށާއިރު މި ކަންކަމަށް ސަމާލުވޭ!
ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ތައާރަފްކޮށްފި