ފިލްމީ ދާއިރާގައި މަސައްކަތްކުރާ ތަރިންނަކީ ރޯލް މޮޑެލުންގެ ގޮތުގައި އެކި އުމުރުފުރާތަކުގެ މީހުންވެސް ބަލައިގަންނަ އިޖުތިމާއީ ޒިންމާތަކެއް ލިބިގެންވާ ބައެކެވެ.

ނަމަވެސް ލޮލަށް ފެންނަ ކޮންމެ ކަމެއް ތެދަށް ނުވާފަދައިން، ބޭރުފުށުން ސާފުތާހިރުކަމަށް ދައްކައިގެން އުޅޭ މީހުން ވެސް ދުނިޔޭގައި މަދެއް ނޫނެވެ. އޭގެތެރޭގައި އާންމުން ނަމޫނާއަކަށް ބަލާ ފިލްމީ ތަރިން ވެސް ހިމެނެ އެވެ.

އެގޮތުން ހޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ މޭގަން ފޮކްސްއަކީ މޭގަން ވެސް ސާފުތާހިރުކަމުގައި ވަރަށް ފަހަތުގައިވާ ތަރި އެކެވެ. އޭނާގެ ކިބައިގައިވާ ނުރަނގަޅު އާދަތަކަށް ފާޅުގައި އޭނާ އެއްބަސް ވެފައިވެ އެވެ.

ގިނަ ފަހަރަށް ފާހާނާ ކުރުމަށްފަހު ފްލަޝް ނުކުރާ ކަމަށާއި، ލާން ގެންގުޅޭ އަންނައުނު އެކި ތަންތަނަށް އުކާ ބަހައްޓާކަމަށް އޭނާ އިންޓަވިއުތަކުގައި ބުނެފައިވެ އެވެ.

އެއާއެކު އޭނާ ލާން ގެންގުޅޭ އަންނައުނު ބޭލުމަށްފަހު އެއްލާލާ ތަނެއްގައި ހަފްތާ، ދެހަފްތާ ފާއިތުވެގެން ދާއިރު ވެސް ނުނަގާ ކަމަށް މޭގަން ވަނީ ބުނެފަ އެވެ.

މި ހުރިހާ ކަމެއްގެ ސަބަބުން އޭނާއަކީ އެކުގައި ދިރިއުޅެން "ހެޔޮވާ ވަރު" މީހެއް ނޫން ކަމުގައި އޭނާ އަމިއްލައަށް ވެސް ސިފަ ކޮށްފައިވެ އެވެ.

2001 ވަނަ އަހަރު ރިލީޒްކުރި 'ހޮލިޑޭ އިންދަ ސަން' އިން ފިލްމީ ކެރިއަރު ފެށި މޭގަން ކާމިޔާބީ ހޯދީ 2009 ވަނަ އަހަރު ނެރުނު 'ޖެނިފާސް ބޮޑީ' އިންނެވެ. އެއާއެކު ޖެނިފާ އަކީ ގިނަ ބަޔަކު ލޯބިކުރާ މަގުބޫލު ތަރިއަކަށް ވެގެންދިޔަ އެވެ.