ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދޭން ހުރިހާ އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ އިންތިހާބު ކުރުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ "ޕާޓީގެ ޔުނިޓީ" އޮބަހައްޓަވާނެ ކަަމަށެވެ.
އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށްފަހު، އެ ޕާޓީ ދޫކޮށްލެއްވުމަށްފަހު އަލުން ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތީ މި އަހަރުގެ ޖޫން 23 ވަނަ ދުވަހު އެވެ.
ކައުންސިލް އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒަށް ލިބޭނީ 20 ޕަސެންޓް ކަމަށް ނަޝީދު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ނަޝީދުގެ ސަބަބުން އެމްޑީޕީއަށް ވެރިކަން ގެއްލުމުން އެ ޕާޓީގެ ގިނަ ބައެއްގެ ނުރުހުން އެމަނިކުފާނަށް އަދިވެސް އެބައޮތެވެ.
ފުރާޅެއް ސާފުކުރަން އުޅުނު ދެބެއިން ކަރަންޓްގައި ޖެހި ފަރުވާދެނީ
ސިނާ ބައި އިލެކްޝަންގައި ވާދަ ނުކުރަން ނިންމައިފި
ފިއުލް ސްޓޯރޭޖްތައް ގާއިމްކުރަން ދެ ފަޅެއް ބަލަނީ
