އުމުރުގެ ތަފާތު ބޮޑު ދިވެހި ދެ ލޯބިވެރިންގެ މެދުގައި މިއަދު ހިނގި ޒުވާބެއް ހޫނުވެ, އެކަކު އަނެކަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މި މާރާމާރީ ހިނގީ އުމުރުން 64 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކާ ދެމެދު ކަމަށެވެ. އެ ދެ މީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައެއް ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު 10:05 ހާއިރު އެވެ.
ފުލުހުން ބުނީ އެ މާރާމާރީގައި 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި އެ މާރާމާރީގައި ދެ މީހުންނަށް ވެސް އަނިޔާވެފައިވާތީ ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މާވެލްގެ "އެވެންޖާސް: އެންޑްގޭމް" ސިނަމާތަކަށް އަންނަނީ!
ވިއްކަން ހުންނަ ތަކެތި ކައްކަމުންދިޔައީ ފާހާނައިގައި!
60 އަހަރުގައި ލޯބި ލިބޭނެ ކަމަށް ހިއެއް ނުކުރަން: އާމިރު
