2009 ވަނަ އަހަރު ނެރުނު ބޮލީވުޑްގެ މަޝްހޫރު ފިލްމު "ތުރީ އިޑިއަޓްސް"އަކީ ބޮލީވުޑްގެ ތާރީހުގައި ވެސް އުފެއްދި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ.
ބެލުންތެރިންގެ ވެސް ބޮޑު މަގުބޫލު ކަމެއް ލިބުނު އެ ފިލްމު ރިލީޒް ކުރިތާ 15 އަހަރު ފަހުން އެ ފިލްމަށް ސަޕޯޓުކުރާ މީހުންނަށް މިވަނީ އުފާވެރި ހަބަރެއް ލިބިފަ އެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި 2009 ވަނަ އަހަރުގެ ފިލްމުން ފެނިގެންދިޔަ ތަރިންނާއެކު އެ ފިލްމުގެ ދެވަނަ ބައެއްގެ މަސައްކަތް ފަށަން މިހާރު ވަނީ ތައްޔާރުވެފަ އެވެ.
ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރި އެ ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ފެނިގެންދިޔައީ އާމިރު ޚާން، އާރް މަދަވަން، ޝަރްމާން ޖޯޝީ އަދި ކަރީނާ ކަޕޫރެވެ.
އެހެން ނަމަވެސް އެ ފިލްމުގެ ސަޕޯޓިން އެކްޓަރުންގެ ގޮތުގައި ފެނުނު ބޮމަން އިރާނީ، އޯމީ ވެއިދްޔާ އަދި މޯނާ ސިންހް ފަދަ ތަރިން ދެވަނަ ބައިން ފެނިގެންދާނެ ކަމެއް ޔަގީނެއް ނުވެ އެވެ.
އެފިލްމުގެ ދެވަނަ ބައިން ފެނިގެންދާނީ ފުރަތަމަ ބައިގެ ވާހަކަ ނިމުނުތާ 15 އަހަރު ފަހުން ހިނގާ ކަންތައްތަކެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ތައިލެންޑުން ކެމްބޯޑިއާއަށް ވައިގެ މަގުން ހަމަލާދެނީ
ހަށިގަނޑުން ނުބައި ވަސް ދުވާނަމަ ޑޮކްޓަރަށް ދެއްކުން އަވަސްކުރޭ!
އާއްމު އުފެއްދުންތަކުގައި ކެންސަރަށް މަގުފަހި ކުރުވާ މާއްދާއެއް!