މިހާރު ސިނަމާތަކުގައި ދައްކަމުންދާ ބޮލީވުޑްގެ ފިލްމު "ދުރަންދަރް"ގެ ވިލަންގެ ރޯލުން ފެނިގެންދާ ތަރި އަކްޝޭ ޚަންނާގެ ހުށައެޅުމަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އެބަދެ އެވެ.
ރަންވީރު ސިންހް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގައި އަކްޝޭ ދައްކުވައިދެނީ ޕާކިސްތާނުގެ ސިޔާސީ ދާއިރާގައި އުޅޭ މީހެއްގެ އިތުރުން އެގައުމުގެ "ކްރައިމް ލޯޑް"އެއްގެ ރޯލެވެ.
އެގޮތުން އެ ފިލްމުގައި އަކްޝޭގެ އެކްޓިންއިން ފެނިގެންދިޔަ އިހުސާސްތަކާއި ޖަޒުބާތުތައް ވަރަށް ވަރުގަދަ ކަމަށް ފިލްމު ބެލި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
"2025 ވަނަ އަހަރަކީ އަކްޝޭގެ އަހަރުގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅަންޖެހޭ" ދުރަންދަރްގެ އިތުރުން މިއަހަރު ނުކުތް ފިލްމު "ޗާވާ"ގައި ވެސް މުހިއްމު ރޯލަކުން ފެނުނު އަކްޝޭއާ ބެހޭގޮތުން މީހަކު ބުނެފައިވެ އެވެ.
މިއަހަރު ނުކުތް ދެ ފިލްމަކުން އަކްޝޭ ފެނިފައި މިވަނީ ގިނަ އަހަރުތަކެއް ވަންދެން ބޮލީވުޑްއާ ދުރުގައި ހުރުމަށްފަހު އެވެ. އެހެން ކަމުން އެއީ "ކަމްބެކް އޮފް ދަ އިޔާ"ގެ ގޮތުގައި ވެސް ގިނަ ބަޔަކު ސިފަކުރެ އެވެ.
"ދުރަންދަރް"އަށް އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބެމުން އަންނައިރު އެންމެ ފުރަތަމަ ދުވަހު ވެސް އެ ފިލްމަށް 27 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ.
ފްލާސްޓިކް ސާޖަރީ ހެދި ކަމަށް ފެތުރޭ އަޑުތައް ސިޑްނީ ދޮގު ކޮށްފި
ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
ބޮލީވުޑްގެ ކުރިން ވިކީގެ ހުވަފެނަކީ މިއީ!