ލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު މައްސަލައާ ގުޅިގެން ފުލުހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އދ. ދިގުރަށް، ޝަބުނަމީގެ، މުނައްވަރު އާދަަމް،39 ކަމަށެވެ.
މުނައްވަރަކީ ފުލުހުންގެ ސީނިއާ ސާޖަންޓެކެވެ. އެ މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގެއްލިފައި ވަނީ މެންޗެސްޓާ ބްރޭންޑުގެ 31 ކާޓުން ސިނގަރޭޓެވެ. އެއީ ތިލަފުށިން ފުލުހުން ހޯދާފައިވާ ސިނގަރޭޓުތަކެކެވެ.

ގަތަރުން ރުޅިގަދަވެ އީރާނުގެ ސަފީރު ފައިބަން އަންގައިފި
އަލިފާނުގެ ހާދިސާއާ ގުޅިގެން 4 ގެއަކުން 32 މީހަކަށް ވަގުތީ ހިޔާ
ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުނުތަ؟
