ރޯދަވީއްލަން ދިނީ ތިން އޮށް ކަދުރާއި މިލްކް ޕެކެޓަކާއި ފިނިނުކުރާ ފެންފުޅި އެކެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގައި ދުވާލަކު ދިހަ ގަޑިއެއްހާއިރު މަސައްކަތްކުރާ މުވައްޒަފަކަށް ރޯދަ ވީއްލަން ފޮނުވި ކާއެއްޗިއްސެވެ.
"ކަލޭމެން ބުނާނެ އެކްސިޑެންޓްތައް ހިނގާ ވާހަކަ. ހެނދުނު ފަތިހު ޑިއުޓީއަށް ނުކުންނަ މީހާއަށް ގެއަށް ދެވެނީ އިރުއޮއްސޭ ފަހުން. މިހެން ކިހާ ދުވަހަކު މަސައްކަތްކުރަންވީ؟" ވެލާނާ އެއާޕޯޓުގައި މަސައްކަތްކުރާ އެ މުވައްޒަފު ޝަކުވާ ބަންޑުންކޮށްލި އެވެ.
އެއާޕޯޓުގައި އެންމެ ބިޒީ އެއް ބަޔަކީ ރޭމްޕްގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. މަތިންދާބޯޓަށް މުދާ އަރުވާ ބޭލުމާއި އޭޕްރަންމަތީގައި މަތިންދާބޯޓަށް ދޭން ޖެހޭ ހުރިހާ ހިދުމަތެއް ދޭނީ އެ މީހުންނެވެ. މީގެ ތެރޭގައި ވެހިކަލް ދުއްވާ މީހުން ވެސް ހިމެނެ އެވެ.
ކޮވިޑާ ގުޅިގެން ވެލާނާ އެއާޕޯޓުގެ މަސައްކަތުގެ މާހައުލު ވަނީ އެފުށް މިފުށަށް ޖެހިފަ އެވެ. މަސައްކަތްކުރާ ގިނަ މުވައްޒަފުންނަށް މަހެއްވާއިރު ވެސް ޗުއްޓީ ދުވަހެއް ނުލިބެ އެވެ. ދެ އަހަރުވެގެންދާއިރު ގިނަ މުވައްޒަފުންނަށް ޔުނިފޯމެއް ވެސް ނުލިބެ އެވެ.
"ދުވާލު ހަތަރުދަމު މަސައްކަތްކުރަން ޖެހޭ. އޮފް ދުވަސް ނުލިބި މަހެއް ވެސް އެބަދޭ،" އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކު ބުންޏެވެ.
އެ މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއަކީ ދުވާލަކު އަށްގަޑިއިރަށްވުރެ ގިނައިރު މަސައްކަތްކުރުވާފައި އިތުރުގަޑީގެ ފައިސާ ނުދިނުމެވެ.
"އޯޓީއެއް ނުދޭ ކޮވިޑަށް ފަހު އަލުން އެއާޕޯޓު ހުޅުވިފަހުން. ނަމަވެސް މިހާރު ކޮންމެ ދުވަހަކު 100ރ. ޑިއުޓީއަށް ނުކުންނަ ކޮންމެ މުވައްޒަފަކަށްދެނީ،" އޭނާ ބުންޏެވެ.
އާދަވެގެން ކޮންމެ އަހަރެއްގެ ރޯދަމަހު ކޮންމެ މުވައްޒަފަކަށް މަސްދަޅު ކޭހެއް ދޭ އުސޫލުން މިއަހަރު ވެސް މަސް ދަޅު ކޭސް ބެހި އެވެ. އޭގެ ތެރޭގައި ބިދޭސީއެއް ދޭސީއެއް ތަފާތެއް ނެތެވެ.
"މަސްދަޅު ކޭހެއް މިފަހަރު ވެސް ދިން. މިތާ ރޯދަ ނުހިފާ ބޭރު މީހުންނަށް ވެސް ބެހި، އެކަމަކު 12 ގަޑިއިރު ޑިއުޓީކުރީމަ އޯޓީއެއް ނުދެވޭ،" ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރި އެ މުވައްޒަފު ބުންޏެވެ.
އޭނާ ބުނީ ފަހަކަށް އައިސް މުޅި ޑިޕާޓްމަންޓްގެ މަސައްކަތްތައް ވަނީ ބޮއްސުންލައިފަ އެވެ. މުވައްޒަފުންގެ ރައްކާތެރިކަމަކީ އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަކަށްވާއިރު މިދިޔަ މަސް ދުވަހުގެ ތެރޭގައި ވެސް ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް އެ މުވައްޒަފު ބުންޏެވެ.
"ގިނަ މީހުން މިތިބެނީ މަސައްކަތް ކޮށްކޮށް ވަރުބަލިވެފައި. އިއްޔެ ސްރީލަންކަން ބޯޓެއްގެ ފިޔަގަނޑުގައި ސިޑިއަކުން ޖެހުމުގެ ހާދިސާ ހިނގިއިރު އެފަދަ އެތައް ހާދިސާއެއް ހިނގާފައި އެބަހުރި،" އޭނާ ބުންޏެވެ.
"ހުރިހާ"އާ ވާހަކަދެއްކި އެ މުވައްޒަފު ބުނީ މިދިޔަ މަސް ދުވަހުގެ ތެރޭގައި ބޯޓު ދަމާ ވެހިކަލެއް ތެޔޮ ލޮރީއެއްގައި ޖެހުމާއި ފަސިންޖަރުން އުފުލާ ބަހެއް ހޮޅި ދަނޑިއެއްގައި ޖެހި ފުނޑުފުނޑުވެފައިވާ ކަމަށެވެ.
"މިހާރު މިތަނުގައި މަސައްކަތްކުރުވުމުގައި އެއްވެސް އުސޫލެއް ނޯވޭ. މިކަންކަން ހައްލުކުރެވޭނީ މިތަނުގެ ހިންގުން ރަނގަޅުކޮށްގެން،" އެ މީހާ ބުންޏެވެ.
އެ އެއާޕޯޓުގެ ރޭމްޕްގައި މަސައްކަތްކުރާ މުވައްޒަފުންގެ ޝަކުވާތައް ފުނިޖެހިފައި ވަނިކޮށް އިއްޔެ ވަނީ ސްރީލަންކަން އެއާލައިންސް މަތިންދާބޯޓެއް ފިޔަގަނޑުގައި ސިޑިއަކުން ޖެހި ވަރަށް ބޮޑު ގެއްލުމެއް ލިބިފަ އެވެ. އެ ހާދިސާއަށްފަހު އެ ބޯޓު އަދިވެސް އޮތީ ގްރައުންޑްކޮށްފަ އެވެ.
މުވައްޒަފުންގެ ޝަކުވާތަކަށް އެމްއޭސީއެލް އިން މާބޮޑު ސަމާލުކަމެއް ނުދެ އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ހެޑް ހަސަން އަރީފް މިއަދު ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންނާ މެދު ވަރަށް ރަނގަޅަށް ކަމޭ ހިތާ ކަމަށެވެ. އެއަށް ވުރެ އިތުރު އެއްޗެއް ވިދާޅުވާން އޭނާ ދެކޮޅު ހެއްދެވި އެވެ.
50 އަހަރު ވެފަވާ ކުންފުންޏެއް ގެ އެޗް.އާރ. ހިންގަން އެއަރ ޕޯޓް ތަޖުރިބާ ނެތް ބަޔަކާ ހަވާލުކުރީމަ ދާނީ ގޯހުން ގޯހަށް. މުވައްޒަފުންގެ ކަންކަން ރަނގަޅުކުރެވޭނީ އެޗް.އާރ ތެރެއިން ރަނގަޅުވެގެން. ޢެމް.ޑީ ޗުއްޓީ އަށް ދަމުން އަހުމަދާއި ކުންފުނި ހަވާލުކުރީމަ، އަހަރުމެންނަށް ވެސް ކުންފުނި ދާ މިސްރާބު އެނގޭ. މުވައްޒަފުންގެ ޕްރޮމޯޝަން ހިފަހައްޓާފަ، 5 ބޭރު މީހުން ބޮޑު މުސާރައިގަ ގެނެސް ޑޮލަރު ކޮޅު ހުސްކުރެވޭ. ޕްރޮކިއުމަންޓާއި އެޗް.އާރ. ލޯބީގެ ގޮތުން ގުޅުނީމަ، އެނިވަރސަރީ އަށް ހަދިޔާ އެއްވެސް ނުލިބޭނެ.
މުވައްޒފުންގެ ރޯދަވީއްލުން ރަނގަޅު ކޮށްލާނެ ލާރިއެއް ނެތް. މުވައްޒަފުންނަށް ޑޮލަރ ދެވޭކަށް ނެތް. މުވައްޒަފުންނަށް ޕްރޮމޯޝަން ދެވޭކަށް ނެތް. އިތުރު ގަޑި ދެވޭކަށް ނެތް. ބޯނަސް ދެވޭކަށް ނެތް. ބޭރު 5 މީހުން ގެންނަ އެޖެންސީ އަށް 3 މިލިއަން ޑޮލަރ. އެމީހުންގެ މުސާރައިގެ ގޮތުގަ 200 ދިވެހި ޢާއިލާގެ އާމްދަނީ. މަހަކު 2 މިލިއަން. ސަޅި ދޯ؟
ސުލެއިމާނު ބުނި ކޮންސަލްޓަންޓުތަ ފިއުލް ފާރމް ހިންގަނީ.
މި ހަމަ ބޮޑު ތެދެއް. އޯޓީ ކުރަން ވެސް މަޖްބޫރު. އެހެން ނޫނީ އަހަރީ އެޕްރެއިސަލަށް އަރާނެ ކަމުގެ އިންޒާރު ދޭނެ އެ ސެކްޝަނެއްގެ ބޮޑަށް ތިބި މީހުން. އެހާ ތަފާތު ކުރުން ބޮޑު. ޑިއުޓީ ގަޑިތައް ވެސް ދެނީ ވަކި ބަޔަކައް ރަނގަޅު ގޮތައް. ޔުނިފޯމް ފޮތިވެސް ނުދޭތާ ދެއަހަރުވެއްޖެ. ބަލިވެގެން މެޑިކަލް ޖަހާ ކުއްޖާ ވެސް އިންނަން ޖެހޭނީ ބިރުން، ވައްދާނެ ކައުންސިލިން ސެޝަންއަށް ޖެހިގެން އަންނަ މަހު. ދުވަހުގެ ރޮސްޓާ ހަދާ އިރު އޮފީހަށް ދާ ގޮތައް އިނދެދާނެ ބްރޭކް ވެސް ލާފަ، ދެން ވީ ޝަކުވާ ނުކޮށް އަނެއް 7 ގަޑިއިރު މަސ
އަހަރީ ބޯނަސް ނުދޭ ހަމަ އެކަނި ކުންފުނި... 2019،2020..ބޯނަސް ދޭކަށް ބޭނުމެއް ނުވާ އިރު، އޯޓީ ނުދެވޭ އެކަމަކު މަޑުކުރަން މަޖުބޫރު، އޮފްވިޔަސް ޑިޔުޓީގަ.. ސަލާމް ބުނެފިނަމަ އަނެއް ދުވަހު ޑިއުޓީ އަށް ލާނެ، ފެމިލީ ލީވް ވެސް ބުނެފިނަމަ ޑިއުޓީ.. ނުވިތާކަށް ޑޮލަރު ދިނުން ވަގުތީ ގޮތުން ހުއްޓާލި ގޮތަށް ދާއިމީ ވެއްޖެ.
ފުރޮންޓް ލައިން އެލެވެންްސް ވެސް އަދިވެސް ނުދޭ. ބޯނަސް ވެސް ނުދޭ. ހަބޭހައް ސްޓާފުން ލައްވާ މަސައްކަތް ކުރުވާފަ ވެރިން ލާރިގަންޑު ކާލައިގެން ތިބެނީ. މީހަގީގަތް.
އެމްއޭސީއެލްގެ ރޭމްޕް އަކީ ވަރަށް ފީކަޅާ... އޫޕްސް، މިދެންނެވީ ވަރަށް ރަނގަޅު ތަނެކޭ ގޭނިލަން.
ބައްލަވާ އަލީ ސައީދު ތިޔަވިދާޅު އެއްޗަކުން އަޅުގަނޑުމެން ވަރަށް ލަދުގަނެއްޖެ. ތިކަހަލަ ވާހަކަތަށް މީޑިޔާގަ ދައްކާ އެއްޗެއްނޫން. މިރޭ ކޮފީއަކަށް އަރަންވާނެ ކުޑަ ސަޔެއް އަޅުގަނޑު ހަރަދުގަ ދޭނަން.
މުޅި ކުންފުނި ފަރަންޖީން ގެނެސް ނުކަތާ ވަރުގެ ބޮޑެތި މުސާރަ ތައް ދީގެން ކުންފުނީގެ ތިޖޫރީ ފޫދުއްވާލައިފި. ސީއީއޯ އަށް 35 ހާސް ޑޮލަރު ، ދެން ގެނެސްނތި ބި ފަރަންޖީން ނަށް 25 އާއި 28 ހާސް ޑޮލަރުގެ މުސާރަތަށް. ޢެވެރިން އަށް ވާކަމެއް ބުނެބަލަ. ދެން އޮތީ ޕެރަލައިޒް ވެފަ އޮތް އެޗްއާރ ޑިފާޓްމެންޓް އެއް. ޥެރިޔަކަށް ހުރީ ބޮނިޓޯ މުސަލީނި ފަދަ ސަހްސިއްޔަތެއް ދެން ތުނޑު ހަސަނު ބުނި ނޫކަށި ވަރުގަދަ ޒުވާނުން ތިބި ސެކްސަންގެ ވެސް އޮތީ ބޭރުގެ ވަރުގަދަ ކުންފުއްޏެއް ވަގައްނަގަގެން އުޅުއްވާ ފަރަންޖީ ކޮންސަލްޓަންޓް
އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރަން ރޭމްޕް ކުދިން ހެޕީ ކޮއްދެވޭތޯ. މާބޮޑަށް އެކަމާ ނޫޅެވެނީ އޭ ބުނެވޭނީ. މަތީ މެނޭޖްމަންޓް ގެ އަންޑަސްޓޭންޑިން ދަށީ
ހަމަ ސީދާ ތެދު ހަބަރެއް މީ. ރޭމްޕްގަ މަސައްކަތް ކުރާ މުވައްޒަފުންނަށް ވަރަށް ހިއްދަތި ތަނެއް އެމްއޭސީއެލް އަކީ. ރޭމްގަ މުވައްޒަފުން މަދުވެގެން ޝަކުވާ ކުރާތާ ކިތައްދުވަސް. ރޯދަމަހެސް 8 ގަޑިއިރު އަދި 9 ގަޑިއިރު ބުރަމަސައްކަތް ކުރުވަން ޖައްސާފަ އެހެންސެކްޝަން ތަކުން 4 ނޫނީ 5 ގަޑިއިރު އުޅެލާފަ ގެޔަށް ދެވޭ މުސާރައިން އެއްޗެއް މަދުނުވެ. ރޭމްޕު މުވައްޒަފުން ވީމަ ދައްކޮއްލާފަ.
ކަމޭ ހިތަނީ ކިހިނެއްތޯ ބުނެލަދީބަލަ.
އެމް އޭ ސީއެލް އޭ ބުނީމަ ލައްކައެކޭ ހީވި. އެކަމް ހަމަ ކުންހީ އެއް ކުރެވުނީ..! ރޭމްޕް ގެ ބޮޑުން މެޑަލް ޖަހާފަ މުއައްޒިފް މީހާ ކަރައް ފިތާ އުސޫލް އޮތީ!!!
ކުންފުނީގެ ހަޔާތުގައި މުވައްޒަފަކު އަލިފާނުން ފިހިގެން ނިޔާވުމުން. ކަޑައެޅިގެން އެގިހުރެ ވަކި މީހަކު ފޮރުވަންވެގެން އެކަންވަނީ އެނިކަމެތި މުވައްޒަފު ބޮލުގައި އަޅުވައި އޮތްބާލާފައި. އާއިލާއަސް ގޮވާލަން މިކަމުގެ ހަގީގަތާއި އަދި ބަދަލު ހޯދަން ނިކުތުމަށް. ދޮން މީހުން ކުރިމަތީގައި ވެސް ދިވެހިން ނަށް ކާމިޔާބުލިބޭނެ.
ތި ބުނާ އަހަންމަދަ ކާ އެޗް އާރު ޓީމަކީ މިގައުމުގެ ނެތް ވަރު ގަދަ ޓީމެއް ، އެކަމަކު ކީއްވެ ބާ އެވެރިން ނަށް ރޭމްޕް ސާވިސަސް ހަމަ މަގަކަށް ނޭޅުވިގެން ތި އުޅުއް ވަނީ. ޢަހަންމަދާ ، ފަރޫ އާއި އެކު ވެގެން މެޖިކެއް ހަދާލަބަލަ
ތި ބުނާ ފިއުލް ގައި މި ހާރު ތިބީ ރޯނު އެދުރުން. މަގާމުގައި ބަގުޑި ބައްދަނީ. މިހާރު އެދަނީ އަތަށް ގޮވަމުން. ޢަލިފާނުގެ ހާދިސާގައި ކުށްވެރި ވީ މަރުވި މީހާ.
ގަައިމު އެމްޑީ ބުނި ތިތާ 700 މުވައްޒަފުން ތިބެއޯ. މާބޮޑަށްވެސް ގިނައޯ. އަހުމަދު ބުނީ ކަލޭމެންނަށް ބުރަވަނީ ކަލޭމެންގެ ކާމްޗޯރު ކަމުނުނޭ. އެއީ ނުލާހިކު މޮޅު މީހެއް. އޭނާ ނަހަދާނެ ދޮގެއް. މަސައްކަތެއް ނުކޮށް ލާރި ހޯދަން ކަލޭމެން އުޅެނީ.
އެއާޕޯޓު ގަ ރަގަޅު ވެރިންތަކެއް ނެތް އެއްވެސް ޱޑިޕާޓުމަންޓެއްގަ. ހުރިހާ ކަމެއް ދަނީ ގޯހުން ގޯހައް. ސްޓާފް މީހާޔައް ކޮށްދޭން ޖެހޭ ކަންތައްތަކެއް ނުކޮއްދެވޭ. ހިތް ހަމަ ޖެހިލައިގެން އުފަލުން މަސަތްކަތް ކުރާ މުވައްޒަފުންތައް ވަރައް މަދުވާނެ. މިތާ ވެރިން ހަމަ ސުމެއް.
މިހާރު ހަތަރު ދުވަސް ޗުއްޓީ ނަގައިގެން މިމަހު ފަންސަވީހުގަ ވިލާތައް ގޮއްސަ އަންނަ މަހު އެކާވީހުގަ އަންނަ ގޮތަށް ދޮން އެމްޑީ ފުރަނިއްޔޯ. ކޮން ހަމަޔާ އުސޫލެއް ބާމީ؟
ގަސްދުގައި ދިވެހި މުވައްޒަފުން އަދި ދިވެހި ދަރިންގެ އަގުވައްޓާލުމުގެ ނަމޫނާ ކުންފުނި - އަލައްގެނެވުނު ދޮން އެމްޑީ 9މަސްވީއިރު މުވައްޒަފުންނާއި އަދި ބައްދަލުކޮސްނުލެވޭ، ދިވެހިންގެ ހަމުގެ ކުލަކަޅުވުމުގެ ސަބަބުން، ކުރަން ބޭނުން ނުވަނީ. - ސަރުކާރުގެ ކުންފުނިއެއްގެ އެމްޑީ މުވައްޒަފުންނާއި ފިލައިންއުޅޭ ކުންފުންނެއްނެތް. - އަހަރީ ދުވަހެއް ނިމިގެން ދިޔައިރުވެސް މުވައްޒަފުން އަގު ވަޒަންކޮށް ރަގަޅުއެއްވެސް މެސެޖެއްދޭން ނޭގުނު އެމްޑީއެއް. - ނޫރައްދީން ބުނާކަމެއްނޫނީ ކުރަންނޭގެ އެމްޑީއެއް
ހަނީފު ތިޔަބުނީ ވައްޑޭ ދިޔާމަ ހުންގާނު ހިފާކައްނޭގޭނެޔޭތަ ހުންގާނު ހިފަންވެސް އެނގޭނެ އެވަރުގެ ޒުވާނުން ފިއުލްގަ އެބަތިބި އެކަމަކު މިފަހަރު ހުންގާނު ހަވާލުކޮއްފަހުރީ މަރުމޯލަކާ މުވައްޒަފުންނާ ބައްދަލުކޮއްލަނީކީނޫން ކިހިނެއް ބިއްދަލުކުރާނީ ދޭނެޖަވާބެއްނެތް .
އަހަރެން އުޅޭ ފިއުލްފާމަކީވެސް ހުންގާނު ނެތް ދޯންޏެއް އަނެއްކާ ހުންގާނު ހިފަންދަންނަ މީހަކުވެސް ނެތީއޭ
ޓޫރިޒަމްގެމައި ދޮރު މުވައްޟަފުންނައް އޮޅުވާލައި ގާނޫނު ހެދީ ރިސޯޓު މުވައަޟަފުން ޖީބު ފުރާލައިގެން. އެއާރޕޯޓްމުވައްޟަފުން ގޭނިގެން ލިބޭއެތިކޮޅުން އާއިލާއައް ޚަރަދުކުރާނެވަރެއް، އެއްޗެއް ބާކީނޯވޭ، ބޮއްސުން ލައިފި. މާލޭގައި އިތުރު ގަޑި ޓެކްސީ އާއި ޕިކަޕް ދުއްވައިގެން ޑިއުޓީކުރަމުން އާއިލާގެ ޕުރެޝަރ ވަޒީފާގެޕރެޝަރ ވެރިންގެ ޕުރެޝަރ އިންތިހާއަށް އެމްއޭސީއެލް ކަސްޓަމަރު ކަމުގައި ދެކެނީއެއާލައިންތައް އެފަރާއްތަކައް އެއްވެސް ގެއްލުމެއް ގަސް ތުގައި އެއްވެސްމުވައްޒިފެއް ނުދޭނެޖަން އުފަލާއެކު ކަށަވަރުކޮއްދެ
އެމްއޭސީއެލް މިހާރުފެއްނަނީ ބިރުވެރި ތަނެއްގެ ގޮތުގައި ޤާނޫނެއް ޤަވާއިދެއް އުސޫލެއް ހަމައެއް ލަމައެއް ނެތް ބަޔަކު ސެކްޝަން ޑިޕާޓްމަންޓް މެނޭޖަރުން ގޮތުގައި އިންތިޒާމްކުރަނީ. އައި ކާއޯ ސްޓޭންޑެޑް އާއި މުޅިން ޚިލާފް ވަޒީފާއާއި ބެހޭ ޤާނޫނު އާވެސް ތަޢާރުޒްވޭ މިބޭފުޅުންގެ އަސްލު މަގުޞަދުކަމުގައި ބެލެވެނީ ޤައުމަށާއި ދިވެހި ސަރުކާރައް ޖެއްސުންކުރުމާއި ފުރައްސާރަ. މުވައްޒަފުން ރުޅި ގަދަކުރުވައި މަސައްކަތުގެ މާހައުލް ޚަރާބުކޮށްްުުުުުލުންް، ރޭމްޕްސާވިސަސް ކިޔާސެކްޝަނަކީ މިހާރު ޖަލެއްސިފަ ޖެހިފައިވާ ސެކްޝަ