ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު އައިޝަތު ރަމީލާ އައްޔަންކުރައްވައިފި އެވެ.
ރައީސް މުއިއްޒު އެކަމަނާ އެ މަގާމަށް އައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) އާއި، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.
މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރަމީލާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފަ އެވެ.
ރަމީލާ އަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރަމީލާއާ ހަވާލުކޮށްދެއްވާފަ އެވެ.

ރާއްޖެއަށް ވެސް އީދު ދުވަހަކީ ހުކުރު ދުވަސް
އަލިފާނުގެ ހާދިސާއާ ގުޅިގެން 4 ގެއަކުން 32 މީހަކަށް ވަގުތީ ހިޔާ
ކެމިކަލް ގުދަނެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް
