ހޮލީވުޑްގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "ޖޭމްސް ބޮންޑް"ގެ ކުރިއަށް ހުރި ފިލްމުތަކުގައި ޖޭމްސް ބޮންޑްގެ ރޯލުން ފެނިގެންދާނީ މުޅިން އާ މޫނެއް ކަމަށް ހަބަރުތައް ބުނެފި އެވެ.
ހޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ކުރިއަށް ހުރި އެ ފްރެންޗައިޒްގެ ފިލްމުތަކުގައި "ޖޭމްސް ބޮންޑް"ގެ ގޮތުގައި ފެނިގެންދާނީ ޒުވާން އެކްޓަރު ކެލަމް ޓާނާ އެވެ.
"މާސްޓާސް އޮފް ދަ އެއާ"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ކެލަމްއަކީ ޖޭމްސް ބޮންޑްގެ ކެރެކްޓަރަށް އެންމެ އެކަށޭނަ އެކްޓަރުގެ ގޮތުގައި ފިލްމުގެ ޑައިރެކްޓަރު ޑެނިސް ވިލެނުއެވް ގަބޫލުކުރާ ކަމަށް ބުނެވެ އެވެ.
އެގޮތުން އެންމެ ފަހުން ޖޭމްސް ބޮންޑްގެ ރޯލުން ފެނިގެންދިޔަ ޑެނިއަލް ކްރެއިގްއާއި ކެލަމްއާ ދެމެދު އެއްގޮތް ކަންތައްތަކެއް ހުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކުރިއަށް އޮތް ޖޭމްސް ބޮންޑް ފިލްމުގެ މަސައްކަތް ފަށަން ތައްޔާރު ވެފައިވާއިރު މިހާރު ކުރިއަށް ދަނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތެވެ.
މީގެ ކުރިން ޖޭމްސް ބޮންޑްގެ ގޮތުގައި ފެނުނު އެކްޓަރުންގެ ތެރޭގައި ޝޯން ކޮނަރީ، ޖޯޖް ލެޒަންބީ، ޓިމޮތީ ޑެލްޓަން އަދި ޑެނިއަލް ކްރެއިގް ހިމެނެ އެވެ.

އީރާނުގެ ސަލާމަތާ ބެހޭ ވެރިޔާ އަވަހާރަކޮށްލައިފި
ދުނިޔޭގެ އެކި ކަންކޮޅުތަކުން ރޯދަ މަހުގެ ތަފާތު ސަގާފަތްތައް!
އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި