ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު 12:14 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓު ލިބުމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނިފައި ވަނީ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިއީ ސަރުކާރު ބަލިކުރަން މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު
ނަޝީދުގެ ތަޖުރިބާގެ އަލީގައި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ: ސޯލިހު
ނަޝީދު ކާމިޔާބުކުރެއްވީ 69 ޕަސެންޓުގެ ބޮޑު ތަފާތަކުން